ފިނޭންސް މިނިސްޓްރީގެ ހިސާބުތަކާ މެެދު ސުވާލު އުފައްދަވައި، މުއްތޮލިބު ވިދާޅުވީ މަޝްރޫއުތައް ހުއްޓައިނުލާ ކަމަށް

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު، އޭނާ ބުރާސްފަތިދުވަހު ވިދާޅުވީ މަޝްރޫއުތައް ހުއްޓައިނުލާކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު، އޭނާ ބުރާސްފަތިދުވަހު ވިދާޅުވީ މަޝްރޫއުތައް ހުއްޓައިނުލާކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރި ފައިސާގެ އަދަދު، މިދިޔަ އަހަރުގެ މިމުއްދަތުގައި ހަރަދުކުރި ވަރަށް ވުރެ މަދުވެފައިވާ ދެއްކުމުން، އެ ހިސާބުތަކާ މެދު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ސުވާލު އުފައްދަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 1.8 ބިލިޔަން ރުފިޔާ (18،35.7 މިލިޔަން ރުފިޔާ) އެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.4 ބިލިޔަން ރުފިޔާ (4،494.4 މިލިޔަން ރުފިޔާ) ހަރަދުކުރި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" އިން އެކަމާ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި "ރިޕޯޓިން އިޝޫތަކެއް" ހުރި ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މީގައި ރިޕޯޓިން އިޝޫސްތަކެއް އެބަ އުޅޭކަންނޭނގެ، މިހާރު އެ ބޭފުޅުން އެކުރާ ހަރަދުތަކުގެ ތެރޭގައި ކުރީގެ ޕްރޮޖެކްޓް ހިންގާފައި ހުރި ލޯނުފައިސާ، ދައްކާފައި ހުރި ފައިސާ ހިމެނޭތޯ ނޫންތޯ، ކުރިން އެބޭފުޅުން އެ ރިޕޯޓްކުރި ފޯ ބިލިޔަންގައި ކިހާވަރެއްތޯ ކުރީގައި ހިންގާފައި ހުރި ޕްރޮޖެކްޓްތަކަށް ނަގާފައި ހުރި ލޯނުތަކަށް ދައްކާފައި ހުރީ،" ފިނޭންސާ ކުރަން ޖެހޭ ސުވާލުތަކުގެ ގޮތުގައި މުއްތޮލިބު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން ރިޕޯޓްކުރުމުގައި ކުރިއާ މިހާރާ ތަފާތުތަކެއް ހުރިތޯ ބަލައިލުން ރަނގަޅުކަމަށާއި ހިންގަމުން އަންނަ މަޝްރޫއުތައް މަދުނުވާ ކަމަށެވެ.

"އަަޅުގަނޑަށް އެނގޭ އެއްޗަކީ ހިނގަމުންދާ މަޝްރޫއުތައް މަދެއް ނޫންކަން، ސަރުކާރުން އެއްވެސް މަޝްރޫއެއް ހުއްޓާލައިފައެއް ނޯންނާނެ، ހުއްޓާލަން އަންގައިފައެއް ނޯންނާނެ، އެ ޑެސިޝަނެއް މޭކްކޮށްފައެއް ނޯންނާނެ،" މުއްތޮލިބު ވިދާޅުވި އެވެ.

ޕީއެސްއައިޕީއަށް ކުރާ ހަރަދު ސަރުކާރުން ކުޑަކުރީއޭ ބުނުމަކީ އިންސާފަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox