އަލް ނަސްރު ބަލިކޮށް އަލް ހިލާލުން ކިންގްސް ކަޕް ކާމިޔާބުކޮށްފި

Jun 1, 2024, 4:47 AM
ތަށްޓާ އެކު ހިލާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ތަށްޓާ އެކު ހިލާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ޖިއްދާ، ސައުދީ އަރަބިއްޔާ (ޖޫން 1) - ޕެނަލްޓީ ޖަހައިގެން، 5-4 އިން އަލް ނަސްރު ބަލިކޮށް އަލް ހިލާލުން ސައުދީ ކިންގްސް ކަޕް ކާމިޔާބުކޮށްފި އެވެ.

މިއީ އަލް ހިލާލުން މި މުބާރާތް ކާމިޔާބުކުރި 11 ވަނަ ފަހަރެެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ 13 ފަަހަރު ތަށި އުފުލާލި އަލް އަހްލީ އެވެ.

ކިންގް އަބްުދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން އެންމެ ރަނގަޅު ފުރުސަތެއް ގޯލު ޖަހަން ލިބުނީ އަލް ނަސްރުގެ ސަޑިއޯ މާނޭ އަށެވެ. އޭރިއާތެރެއިން މާނޭ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގެ ހަތް ވަނަ މިނިޓްގައި، އަލް ހިލާލްގެ އަލެކްސަންޑަ މިޓްރޮވިޗް ބޮލުން ގޯލެއް ޖަހައި، އެ ޓީމަށް ލީޑުނަގައިިދިނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ ވަަނަ މިނިޓްގައި އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އޯވަހެޑް ކިކަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އަލް ނަސްރުގެ ކީޕަރު، ޑޭވިޑް އޮސްޕީނާ އަށް މެޗުގެ 56 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކީ އޭރިއާބޭރުން ބޯޅައިގައި އަތްލުމުންނެވެ.

ހިލާލްގެ ކީޕަރު ބޯނޯ (ކ) އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އަށް ލިބުމުގެ ކުރިން ބޯޅަ ހިފަނީ.

މެޗުގެ 86 ވަނަ މިނިޓްގައި އަލް ހިލާލް މެޗުން މޮޅުކޮށްދޭން މިޓްރޮވިޗަށް ލިބުނު ރަނުގެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. އޭގެ މިނިޓެއްހާއިރު ފަހުން، އަލް ހިލާލްގެ އަލީ އަލްބުލާހީ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ރަތް ކާޑެއް ދެއްކި އެވެ.

އަލް ހިލާލްގެ ވެސް ކުޅުންތެރިއަކު މަދުވިތާ ލަހެއްނުވެ، އައިމަން ޔަހުޔާ ބޮލުން ޖެހި ގޯލުން، އަލް ނަސްރުން ނަތީޖާ ހަމަަހަމަކުރި އެވެ. އަލް ހިލާލުން މެޗުގެ 90 މިނިޓް ނިންމާލަން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެެވެ. އެއީ، އެ ޓީމުގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ނަތީޖާ އެއް ނުނެރެވުމުން ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި، އަލް ނަސްރުގެ ހަތް ޕެނަލްޓީގެ ތެރެއިން ތިން ޕެނަަލްްޓީ، ނާކާމިޔާބުވިއިރު، އޭގެ ތެރެއިން ފަހު ދެ ޕެނަލްޓީ އަލް ހިލާލްގެ ކީޕަރު ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ. އަލް ނަސްރުގެ އަލެކްސް ޓެލޭސްގެ ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބޯނޯ މަތަކުރީ، ނާސިރު އަލް ހަސަން އާއި މިޝާރީ އަލް ނެމާރު ޖެހި ޕެނަލްޓީ އެވެ. ހިލާލުން ވަނީ، ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކާމިޔާބުނުވީ ރުބެން ނެވޭސް އަތުން ދަނޑިއަށް އަމާޒުވި ޕެނަލްޓީ އާއި ސާލިމް އަބްދުލް ހަމީދު ޖެހި ޕެނަލްޓީ އެވެ.

އަލް ހިލާލުން ސައުދީގެ ފުޓްބޯޅަ ސީޒަން މި ނިންމާލީ މެޗަކުން ބަލިނުވެ، ތިން ތަށްޓާ އެކު އެވެ. އެއީ، ސައުދީ ޕްރޯ ލީގާއި ސުޕަ ކަޕް އަދި ކިންގްސް ކަޕްއާ އެކު އެވެ.

އަލް ނަސްރުން 1990 ވަނަ އަހަރުގެ ފަހުން، ކިންގްސް ކަޕް ކާމިޔާބުކުރަން ކުރާ މަސައްކަތް ދިގުލައިދިޔައީ އެވެ. އަލް ނަސްރުން ވަނީ މީގެ ކުރިން ހަ ފަހަރު ކިންގްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox