ޑިބާލާ، ޔުނައިޓެޑަށް ނުދިޔަ ސަބަބު އޮޅުންފިލުވައިދީފި

Jun 1, 2024, 4:24 AM
ޑިބާލާ، ޔުނައިޓެޑަށް ނުދިޔަ ސަބަބު އޮޅުންފިލުވައިދީފި

ރޯމް (ޖޫން 1) - މީގެ ފަސް އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ދިޔަ ކަމަށާއި އެ ޓްރާންސްފާ ކުރިއަށްނުދިޔަ ސަބަބު، ރޯމާގެ އެޓޭކަރު، ޕައޮލޯ ޑިބާލާ ހާމަކޮށްފި އެވެ.

ޑިބާލާ، 30، ޔުވެންޓަސް އަށް ކުޅެމުން ދަނިކޮށް، 2019 ވަނަ އަހަރު، ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އޭނާ ގަންނަން ގިނަ ބިޑްތަކެއް ކުރި އެވެ. އޭރު ޔުވެންޓަސް އިން، ވަނީ ޑިބާލާ ދޫކޮށްލަން ނިންމައިފަ އެވެ.

"އެ ފަހަރު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްގެ އޮފާއެއް އައި. ހަގީގަތުގައި ޔުވެންޓަސް އިން ނިންމި އަހަރެން ޔުނައިޓެޑަށް ދޫކޮށްލަން،" އެތުލެޓިކް ނޫހަށް ދިން އިންޓަވިއުއެއްގައި ޑިބާލާ ބުންޏެވެ.

އިޓާލިއަން ލީގުގައި އެންމެ ފުރަތަމަ ސަމްޑޯރިއާ އަށް ކުޅުނު ޑިބާލާ ބުނީ، ޔުނައިޓެޑަށް އޭނާ ދޫކޮށްލަން ޔުވެންޓަސް އިން ނިންމި ނަމަވެސް އޭނާ ބޭނުންވީ އެ ސީޒަނުގައި އެ ޓީމާ ހަވާލުވި ކޯޗު، މައުރީޒިއޯ ސާރީއާ ވާހަކަ ދެއްކުމަށް ކަމަށެެވެ.

"އަހަރެން ބޭނުންވި އޭނަ (ސާރީ) ދެކޭގޮތެއް ބަލަން. އެ ބައްދަލުވުމަށް ފަހު، އަހަރެން މަޑުކުރާގޮތަށް ނިންމީ، ހަގީގަތުގައި ރަނގަޅަަކަށް ދިމާވި ކަމެއް. އެ ސީޒަނުގައި އަހަރެންގެ ކުޅުން އެންމެ ރަނގަޅަށް ދިޔައީ،" ޑިބާލާ ބުންޏެވެ.

ޑިބާލާ، 2022 ވަނަ އަހަރުގެ ޖޫން މަހު، ޔުވެންޓަސްގެ ކޮންޓްރެކްޓް ހަމަވުމުން، ރޯމާ އަށް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ރޯމާ އަށް ސޮއިކުރުމަށް ފަހު، ޑިބާލާ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖޯޒީ ރެކޯޑް މުގުރާލައިފަ އެވެ. އެއީ، އިޓަލީގެ ކްލަބަކަށް ސޮއިކުރުމަށް ފަހު، ފުރަތަމަ 24 ގަޑިއިރުތެރޭގައި އެންމެ ގިނަ ޖޯޒީ ވިކުމުގެ ރެކޯޑެވެ.

އެމެރިކާގައި މި މަހު ފަށާ، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ނެގި ސްކޮޑުގައި ޑިބާލާ ހިމަނާފައިނުވެ އެވެ. އެއީ އޭނާގެ އަނިޔާގެ މައްސަލަތަކުގެ ސަބަބުންނެވެ. ޑިބާލާ ވަނީ މި ސީޒަނުގައި ރޯމާ އަށް ކުޅެދިން، 39 މެޗުގައި 16 ލަނޑު ޖަހައިފަ އެެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ރޯމާގެ ކޮންޓްރެކްޓްގައި ހުރި ޑިބާލާ ބުނީ، އެހެން ލީގެއް ތަޖުރިބާކޮށްލަން ވެސް ބޭނުންވާ ކަމަށާއި އެކަމަކު، 12 އަހަރު ވަންދެން އިޓަލީގައި އޭނާ ކުރި ތަޖުރިބާތަކަށް ބަލާއިރު، އަދިވެސް އެ ލީގުގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox