އެމެރިކާގެ ތާރީހުގައި ކުށެއް ސާބިތުވި ފުރަތަމަ ރައީސަކަށް ޓްރަމްޕް

އަޑުއެހުމަށްފަހު ނިއުޔޯކުގައި ހުންނަ ޓްރަމްޕް ކައިރީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް - ފޮޓޯ: ރޮއިޓާސް

އަޑުއެހުމަށްފަހު ނިއުޔޯކުގައި ހުންނަ ޓްރަމްޕް ކައިރީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް - ފޮޓޯ: ރޮއިޓާސް

އަންހެނަކާއެކު އޮތް ގުޅުން އޮއްބާލަން ލާރިދިން މައްސަލާގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ނިންމައިފި އެވެ.

މިއީ އެމެރިކާގެ ރައީސްކަން ކުރި މީހެއްގެ މައްޗަށް އެ ގައުމުގެ ކޯޓެއްގައި ކުށެއް ސާބިތުވި ފުރަތަމަ ފަހަރަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައީސްކަމަށް ވާދަކުރެއްވި ދުވަސްވަރު ކެމްޕޭނާ ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް، ސްޓޯމީ ޑެނިއަލްސް ނަމަކަށް ކިޔާ މީހަކަށް ފައިސާ ދިން މައްސަލާގަ އެވެ.

ޓްރަމްޕް، ސްޓޯމީއަށް 130،000 ޑޮލަރު ދީފައިވާއިރު، އެ ފައިސާ ދިނުމަށް މަގުފަހިކުރީ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން މެދުވެރިކޮށް ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ޓްރަމްޕްގެ މައްޗަށް ތަފާތު 34 ދައުވާއެއް އުފުލާފައިވާއިރު، މައްސަލާގައި ނިޔާ ކަނޑައެޅު ނިއު ޔޯކުގެ ޖޫރީ އިން ނިންމާފައިވަނީ އެ ހުރިހާ ދައުވާއެއްވެސް ޓްރަމްޕްގެ މައްޗަށް ސާބިތުވާ ކަމަށެވެ. ނަމަވެސް މި ދައުވާތަކުގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ ޖުލައި 11، އަށެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުން ޖޫރީގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވާއިރު މިކަމުގެ ސަބަބުން ހުކުމް އިއްވުން އިތުރަށް ލަސްވެދާނެ ކަމަށް ބެލެވެ އެވެ.

މި ހުރިހާ ދައުވާއަކަށް ޖުމްލަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމް ޓްރަމްޕްގެ މައްޗަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ މި ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ކުޑަ އެވެ. ބެލެވޭ ގޮތުގައި ޓްރަމްޕްއަށް އިއްވާނީ ޕްރޮބަޝޭންގެ އަދަބެކެވެ.

އެމެރިކާގެ ގާނޫނުގައިވާ ގޮތުން، މި ދައުވާތައް ސާބިތުވުމާއެކު ޖަލު ހުކުމެއް އިއްވިޔަސް ނޮވެމްބަރު މަހު ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވާދަކުރެވޭނެ އެވެ. އެމެރިކާގެ ރައީސަކަށް ވުމުގެ ގާނޫނީ ޝަރުތުތަކަކީ 35 އަހަރުވެފައި ވުމާއި، އެމެރިކާގައި ވިހާފައިވާ ރައްޔިތަކަށް ވުމާއި، މަދުވެގެން 14 އެ ގައުމުގައި ވަޒަންވެރިވެ އުޅުމެވެ.

އިންތިހާބުގެ ފުރުސަތު ނުގެއްލުނަސް، ޖޫރީގެ ނިންމުން ޓްރަމްޕް ސިފަކުރައްވާފައިވަނީ ސިޔާސީ ބޭނުމުގައި ކޮށްފައިވާ ދައުވާތަކެއް ހެއްކެއް ނެތި ސާބިތު ކުރުމަށް ޖަހާ ސަކަރާތެއް ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި ޓްރަމްޕް ވަނީ މައްސަލާގެ އަސްލު ހުކުމް ރައްޔިތުން ނޮވެމްބަރު މަހުގެ ވޯޓުގައި އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox