ކުދި ގައުމުތަކަށް އެހީވުމަށް 135 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ފަށައިފި

ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިން 135 މިލިއަން ޑޮލަރުގެ އާ ބްލޫ އެންޑް ގްރީން އައިލެންޑްސް އިންޓަގްރޭޓެޑް ޕްރޮގްރާމް (ބީޖީއައި-އައިޕީ) ފަށައިފި އެވެ.

ޔޫއެންޑީޕީން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ މަގުސަދަކީ އުމްރާނީ ތަރައްގީއާއި ކާބޯތަކެތި އުފެއްދުން އަދި ފަތުރުވެރިކަން, މި ތިން ދާއިރާއިން ތިމާވެށި ހަލާކުވުމާ ދެކޮޅަށް މަސައްކަތްކުރުމަށް ގުދުރަތީ ހައްލުތައް ފުޅާކުރުމެވެ. އެއީ ކުރިއަރަމުން އަންނަ 15, ކުދި ގައުމަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޔޫއެންޑީޕީން ބަލަހައްޓާ އަދި ޖީއީއެފް އާއި ޕާޓްނަރުން ފަންޑުކުރާ އެ މަސައްކަތަކީ 2024 އިން 2034 އަށް, ކުރިއަށް ގެންދާ ޑެކޭޑް އޮފް އެކްޝަންގައި ކުދި ގައުމުތަކަށް ތާއީދު ކުރުމުގެ "އާ ރާޅެއް"ގެ ބައެކެވެ.

އެ ޕްރޮގްރާމުން އެހީތެރިކަން ފޯރުކޮށްދޭނީ ޝައުގުވެރިކަން ފާޅުކުރާ ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ތެރެއިން ހުރިހާ ސަބް-ރީޖަންތަކެއް ތަމްސީލުވާނެހެން ހޮވާ 15 ގައުމުތަކަށެވެ. މި ޕްރޮގްރާމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަން ބޭނުންވާ ވަސީލަތްތައް މުޖުތަމައުތަކަށް ލިބިގެންދާނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި މަސްވެރިކަމާއި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ޕޮލިއުޝަން މަދުކުރުމާއި، މޫސުމީ ހާދިސާތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ އެވެ.

އެ ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރި 39 ކުދި ގައުމުގެ ތެރެއިިން ޕްރޮގްރާމަށް ހޮވުނު 15 ގައުމަކީ ބެލިޒް، ކޭޕް ވާޑޭ، ކޮމޮރޯސް، ކިއުބާ، މޯލްޑިވްސް، މޮރިޝަސް، މައިކްރޯނޭޝިއާ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ސެއިންޓް ލޫސިއާ، ސަމޯއާ، ސީޝެލްސް، ޓިމޯ ލެސްޓޭ، ޓްރިނިޑާޑް އެންޑް ޓޮބަގޯ، އަދި ވަނުއަޓޫ އެވެ.

ޔޫއެންއީޕީ، އެފްއޭއޯ، ވޯލްޑް ބޭންކް، ޑަބްލިޔުޑަބްލިޔުއެފް-ޔޫއެސް، އައިޔޫސީއެން އަދި ޔޫއެންސީސީޑީ ފަދަ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި އިގްތިސާދީ ތަފާތުކުރުމާއި ވަޒީފާ އުފެއްދުމަށް އެހީތެރިވުމުގެ މުހިންމު ވަސީލަތެއް ކަމަށް ޔޫއެންޑީޕީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox