ޓްރީޓޮޕުން ފުރިހަމަ ވަސީލަތްތަކާއެކު ކިޑްނީ ޓްރާންސްޕްލާންޓް ފަށަން ތައްޔާރު

ޓްރީޓޮޕުން ފުރިހަމަ ވަސީލަތްތަކާއެކު ކިޑްނީ ޓްރާންސްޕްލާންޓް ފަށަން ތައްޔާރު

ޓްރީޓޮޕް ހޮސްޕިޓަލުން ފުރިހަމަ ވަސީލަތްތަކާއެކު ކިޑްނީ ޓްރާންސްޕްލާންޓުގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަން ޓްރީޓޮޕުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެ ހޮސްޕިޓަލަށް މި މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވަނީ ގާނޫނީ ގޮތުން އެކަން ކުރުމުގެ ހުއްދަ ނުލިބޭތީ އެވެ.

ކިގްނީ ޓްރާންސްޕްލާންޓު ޓްރީޓޮޕްގައި ކުރުމަށް ހަމަޖެހިފައި ވަނީ ވިޒިޓިން ޔޫރޮލޮޖިސްޓުންނާއި، ޓްރީޓޮޕްގެ މެޑިކަލް ޑިރެކްޓާ ޓްރާންސްޕްލާންޓް ނެފްރޮލޮޖިސްޓް ޑރ. މްލަޑެން ކްނޮޓެކް އަދި ޑރ. ޖަޔާ ނަތުގެ އިތުރުން އައިސީޔޫގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކުގަ އެވެ.

މި ހިދުމަތް ދިނުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ ޑރ. މްލަޑެން "އަދަދު" އަށް ވިދާލުވީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށްފަހު ވެސް، ޕޭޝަންޓުން ގިނަ ދުވަސް ވަންދެން ބަލަހައްޓަން ޖެހޭ ކަމަށެވެ.

"މިކަމަށް ބޭނުންވާ ގިނަ ބޭސްތައް ރާއްޖެއިން އަބަދު ލިބެން ނުހުރޭ. މިގޮތުން ހިދުމަތް ފަށާއިރު ހުރިހާ ބޭސްތަކެއް ހޮސްޕިޓަލުން އަބަދުވެސް ލިބެން ހުރުމަކީ ވަރަށް މުހިންމުކަމެއް،" ޑރ. މްލަޑެން ބުންޏެވެ.

ޓްރާންސްޕްލާންޓެއް ހަދާއިރު ރެގިއުލޭޓްކުރަން ޖެހެނީ އެކަން ކުރަނީ އުސޫލެއްގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކުރުމަށް ކަމަށާއި، ރެގިއުލޭޓްކުރުމުން ގުނަވަންތައް ވިއްކުން ހުއްޓުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޑރ. މްލަޑެން ވިދާޅުވީ ރެގިއުލޭޓްކުރާއިރު ހުޅަނގުގެ ގައުމުތަކާ އެއްގޮތަށް މަރުވެފައި ތިބޭ މީހުންގެ އަދި ދިރިތިބި މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އޮތުން މުހިންމު ކަމަށެވެ.

ޑރ. މްލަޑެން އަންދާޒާ ކުރައްވާ ގޮތުގައި ރާއްޖޭގައި ކޮންމެ އަހަރަކު 50 ވަރަކަށް މީހުން ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހޭއިރު، ކޮންމެ މަހަކު ވެސް ކިޑްނީ ބަލީގައި ގިނަ ބަޔަކު ޓްރީޓޮޕަށް ދައްކަން އާދެ އެވެ.

އާއިލާގައި ކިޑްނީ ބައްޔަށް ބޭސްކުރާ މީހުން ތިބޭނަމަ، ޓެސްޓު ހެދުމަކީ މުހިންމު ކަމެއް ކަމަށާއި، ކިޑްނީ ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އަހަރުތަކެއް ފަހުން ކަމަށެވެ.

"ކިޑްނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާފަހުން އެނގިއްޖެނަމަ ބައެއް ފަހަރު މާ ބޮޑަށް ލަސްވޭ. އެހެންވީމަ ބްލަޑް ޕްރެޝާ މަތި މީހުންނާއި، އާއިލާގައި ޑައިބިޓީސް ހުންނަ މީހުން އަދި ޑައިބިޓީސް ހުންނަ މީހުން، އާއިލާގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން ތިބޭނަމަ، އާއިލާގައި ކިޑްނީ ސްޓޯން ހުންނަ މީހުން ތިބޭނަމަ އަދި ޔޫރިން މައްސަލަ ދިމާވާނަމަ އަހަރަކު އެއްފަހަރު ޓެސްޓު ކުރުން މުހިންމު،" ޑރ. މްލަޑެން ވިދާޅުވި އެވެ.

ޓްރާންސްޕްލާންޓަށް ނަގާނެ އަގެއް ޓްރީޓޮޕުން މިހާތަނަށް ނިންމާފައި ނުވާއިރު، ޑރ. މްލަޑެން ވިދާޅުވީ މި ޕްރޮސީޖާއަކީ އަގުބޮޑު ޕްރޮސީޖާއެއް ކަމުން، އެކަމަށް އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ކުރެވޭނެ މަގު ދިވެހިންނަށް އޮތުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޓްރީޓޮޕުން މިކަމަށް ނަގާ އަގު ވެގެންދާނީ ބޭރު ގައުމުތަކުގައި ތިބެގެން މިކަމަށް ހިނގާނެ ހޭދައަށްވުރެ ބޮޑުތަނުން އަގުހެޔޮ ވެގެންދާނެ ކަމަކަށް ކަމަށާއި، އަމިއްލަ ގައުމުގައި މިކަން ކުރެވޭނަމަ ހިނގާނެ ހޭދަވެސް ކުޑަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox