178 މިލިއަން ޑޮލަރުގެ މެޗުން މޮޅުވެ ސައުތެމްޓަން ޕްރިމިއާ ލީގަށް

May 26, 2024, 7:12 PM
ލަނޑު ޖެހުމަށް ފަހު ސައުތެމްޓަން ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ސައުތެމްޓަން ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (މެއި 26) - ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން މިރޭ ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ސައުތެމްޓަނުން، އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.

ޗެމްޕިއަންޝިޕްގެ ޗެމްޕިއަން، ލެސްޓާ ސިޓީ އާއި ރަނަރަޕް، އިސްޕްވިޗް ޓައުން އަށް ވަނީ އޮޓޮމެޓިކުން ޕްރިމިއާ ލީގުގެ ފުރުސަތު ލިބިފަ އެވެ. ތިން ވަނަ އިން ފެށިގެން ހަ ވަނައާ ދެމެދުގެ ހަތަރު ޓީމު ޖެހެނީ، ޕްލޭއޮފް ބުރެއް ކުޅޭށެވެ. ލީޑްސް ފައިނަލަށް އައީ ނޮރިޗް ސިޓީ ކަޓުވާލައިފަ އެެވެ. އަދި ސައުތެމްޓަން ފައިނަލަށް ދަތުރުކުރީ ވެސްޓް ބްރޮމްވިޗް އަލްބިއަން ކަޓުވާލައިފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ، 24 ވަނަ މިނިޓްގައި ޖެހީ އެޑަމް އާމްސްޓްރޯންގް އެވެ.

ޕްލޭއޮފް ފައިނަލުން މޮޅުވެ، ސައުތެމްޓަން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

މިދިޔަ ސީޒަނުގައި، ސައުތެމްޓަން، ޕްރިމިއާ ލީގުން ރެލިގޭޓްވީ، 11 ސީޒަނަށް ފަހު އެވެ. އެ ޓީމު މި ވަނީ، ދެ ވަނަ ޑިިވިޝަނުގައި ވާދަކުރަން ފެށި ފަހުން، އެއްބުރުން އަލުން ޕްރިމިއާ ލީގަށް އެނބުރި އަތުވެފަ އެވެ.

މި މެޗު އެންމެ އަގުބޮޑު މެޗުގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، މި ފަހަރު މޮޅުވި، ސައުތެމްޓަން އަށް 178 މިލިއަން ޑޮލަރު (140 މިލިއަން ޕައުންޑް) ލިބެ އެވެ. މިދިޔަ އަހަރުގެ ޕްލޭއޮފް މެޗުން މޮޅުވި، ނޮޓިންހަމް ފޮރެސްޓަށް 215 މިލިއަން ޑޮލަރު ލިބުނެވެ.

އޭގެ ކުރިން ފަހަރު މޮޅުވި، ބްރެންޓްފޯޑަށް ލިބުނީ، 178 މިލިއަން ޑޮލަރެވެ.

ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެން ބަލާނަމަ، ޕްލޭއޮފް ފައިނަލާ އާމްދަނީގެ ގޮތުން ގާތްކުރެވޭ ވަރުގެ އެހެން ފުޓްބޯޅަ މެޗެއް ނެތެވެ.

ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90-100 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38-45 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox