ގަތަރު އެއާވޭސްގެ މަތިންދާބޯޓެއް، މިއަދު ގަތަރުގެ ވެރިރަށް ދޯހާއިން އަޔަލޭންޑްގެ ޑަބްލިއަން އަށް ދަތުރުކުރަނިކޮށް ،ވަރުގަދަ ކޮޅިގަނޑެއްގައި ޖެހި 12 މީހަކަށް އަނިޔާވެއްޖެ އެވެ.
ތުރުކީގެ މަތިން ދަތުރުކުރަނިކޮށް އެބޯޓު ކޮޅިގަނޑުގައި ޖެހި އަނިޔާވީ ކްރޫއިންގެ ހަމީހަކާއި ހަ ފަސިންޖަރަކަށެެވެ.
އެ ހާދިސާ ހިނގި ނަމަވެސް ޝެޑިއުލްއާ އެއްގޮތަށް އެބޯޓް ޑަބްލިން އެއާޕޯޓަށް ޖެއްސި އެވެ. އޭރު ތައްޔާރީ ހާލަތުގައި ތިބި އެމަޖެންސީ ސާވިސްއިން ވަނީ ވަގުތުން އެޓެންޑުވެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެގޮތުން އަނިޔާވި މީހުންގެ ތެރެއިން އަށް މީހުން ވަނީ ފަރުވާއަށް ޑަބްލިންގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިދިޔަ ހަފްތާގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ލަންޑަނުން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް ޓާބިއުލަންސެއް ދިމާވެ އެކަކު ވަނީ މަރުވެފަ އެވެ. އަދި ފްލައިޓުން ދަތުރުކުރި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިގެން އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.
އެ ފްލައިޓު ޑައިވާޓް ކުރުމަށްފަހު އެމަޖެންސީ ހާލަތުގައި ޖެއްސީ ތައިލޭންޑްގެ ބެންގްކޮކްއަށެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން 20 މީހަކަށް މިހާރު ވެސް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.










