މީޑިއާނެޓްގެ ވީޑިއޯކްލަބަށް "ފުރޭތަ" އަރަން ތައްޔާރުވެއްޖެ

"ފުރޭތަ" ޕްރޮމޯޝަނަލް ފޮޓޯ -- ފޮޓޯ: މީޑިއާނެޓް

"ފުރޭތަ" ޕްރޮމޯޝަނަލް ފޮޓޯ -- ފޮޓޯ: މީޑިއާނެޓް

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން މި އަހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވައިގެން ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ފުރޭތަ" މީޑިއާނެޓުގެ ވީޑިއޯ ކްލަބުގައި އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ސިނަމާގައި ހޯދި ކާމިޔާބީއަށް ފަހު ވީޑިއޯ ކްލަބް މެދުވެރިކޮށް މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މެއި 29، ގަ އެވެ.

ވީޑިއޯކްލަބުން ބުނީ ފުރޭތަ ފިލްމު ވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ސްކްރީނުތަކުން ބަލާލެވޭނެ ކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީއިން އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް މޯބައިލް ސްކްރީންތަކުން ބަލާލެވޭނެ ކަމަށެވެ.

Advertisement

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތްރިލާ ޖޯންރާގެ މި ފިލްމުގައި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭ އާއި ޑައިލޮގްތައް ފެނިގެންދެ އެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ރާއްޖޭގެ މިހާރުގެ ހާލަތެވެ. ކުށުގެ ވެށި އޮތް ގޮތުގެ ސަބަބުން ކުށްތައް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތެވެ. އެ މަސައްކަތަށް އެހީތެރިވެދީފި އާންމުންގެ މީހަކަށް ގޭންގުތަކުން ކުރިމަތި ކުރުވާ އިންޒާރުތަކާއި ބިރު ދެއްކުންތަކާއި ގަތުލުތަކެވެ. އިންސާފަށް އެދި ކުރަން ޖެހިފައި އޮތް އުނދަގޫ ދަތުރެވެ. އެންމެ ފަހުން ބަދަލު ހިފަން މަޖުބޫރުވެ ކުރެވޭ މަސައްކަތެވެ.

ފިލްމުގެ އެންމެ އިސްރޯލުން ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ ތަރި ކަމުގައިވާ ޝަރަފް އެވެ. އަދި ރަވީ ފާރޫގުގެ އިތުރުން މުހައްމަދު މަނިކު، އަހްމަދު ސައީދު، އާދަމް ރިޒްވީ، އައިމިނަތް އަސީލާ، ސޫޒަން އަދި ކުޑަކުއްޖެއްގެ ރޯލު އަދާކުރި އަހްމަދު ނީލްގެ އެކްޓިންގް ވެސް ފިލްމުން ފެނިގެންދެ އެވެ.

އެންމެ ފަހުގެ މޮޅެތި އަމިއްލަ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސްދެމުންދާ ވީޑިއޯ ކްލަބުން ވަނީ ލޯބީގެ ފިލްމު "ނޮވެމްބަރު"، ތްރިލާ ފިލްމު "ނީނާ"، ބިރުވެރި ފިލްމު "ކަޅަކި" އަދި ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" މި އަހަރު ތެރޭގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox