ސިޓީ ބަލިކޮށް ޔުނައިޓެޑުން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

May 25, 2024, 4:27 PM
ސިޓީ ބަލިކޮށް ޔުނައިޓެޑުން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

ލަންޑަން (މެއި 25) - އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ 14 ތަށި އުފުލާލައިފައިވާ އާސެނަލް އެވެ. ޔުނައިޓެޑުން މި ފަހަރު މި މުބާރާތް މި ކާމިޔާބުކުރީ އަށް އަހަރަށް ފަހު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް ފަށައިގެން ޔުނައިޓެޑުން ކައުންޓަ އެޓޭކުގައި ސިޓީ އަށް ނުރައްކާ ކުރަމުންދިޔަ އެވެ. މެޗުގެ 30 ވަަނަ މިނިޓްގައި، ޔުނައިޓެޑަށް ލީޑުނަގައިދިނީ އަލެހަންދްރޯ ގާނާޗޯ އެވެ. މިއީ، ސިޓީ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއްގައި އެ ޓީމުގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އާއި ކީޕަރު ސްޓެފެން އޯޓެގާ ހެދި ގޯހެއްގެ ފައިދާނަގައި، ގާނާޗޯ ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން، ކައުންޓަ އެޓޭކުގައި ގާނާޗޯ ދިން ބޯޅައަކުން، މާކަޝް ރަޝްފޯޑް ގޯލެއް ޖެހި ނަމަވެސް، އެ ގޯލު ބަލައިނުގަތެވެ. އެއީ، އެޓޭކް ފެށިއިރު، ގާނާޗޯ އޮފްސައިޑްގައި ހުރުމުންނެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ފުރަަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ.

މެޗުގެ 39 ވަނަ މިނިޓްގައި، ކަައުންޓަ އެޓޭކަކުން، ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން، އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ 18 އަހަރުގެ މިޑްފީލްޑަރު ކޯބީ މައިނޫ އެވެ.

ދެ ވަނަ ހާފު ފަށައިގެން ސިޓީން ބަދަލުތަކެއް ގެނެސް ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، އެ ޓީމުން ކުރި އެއް ބަދަލަކީ، ކެވިން ޑި ބްރޭނާ ބަދަލުކުރުމެވެ. ސިޓީން ބަދަލަކަށް އެރި، ހޫލިއަން އަލްވަރޭޒަށް ހުސްކޮށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާނުލެވުނުއިރު، އޭރިއާބޭރުން ސިޓީގެ ކެޕްޓަން، ކައިލް ވޯކާ ޖެހި ދެ ބޯޅަ ވެސް ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ މަތަކުރި އެވެ.

ސިޓީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޖެރެމީ ޑޮކޫ، ކައިރީ ކަނަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އޮނާނާ އަތުގައި ޖެހިފަ އެވެ.

އިތުރު ލަނޑެއް ޖަހައި، އެއްވަރުކުރަން ސިޓީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ސިޓީން މި ފަހަރު ލީގު ކާމިޔާބުކުރިއިރު، ތަފާތު ދެއްކި ފިލް ފޯޑެން އާއި އާލިން ބްރައުޓް ހާލަންޑަށް ފައިނަލްގައި ރަނގަޅު ކުޅުމެއް ނުދެއްކި، އެ ޓީމު ބަލިވީ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް މި މެޗަށް ފަހު ވަކިކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެންމެ ފަހުން ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކުރި 2016 ވަަނަ އަހަރު، އެ ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހުރި ލުއީ ވެން ހާލް ވެސް ވަކިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox