ނުރައްކާތެރި "ޗައިނާ ވައިޓް" އިދާރާތަކުގެ ސަމާލުކަމަށް އައީ ދެ މަރަށް ފަހު، ޓެސްޓްކުރެވޭކަށް އަދި ނެތް

ނެޝަނަލް ޑްރަގް އެޖެންސީ: ރާއްޖޭގައި ޗައިނާ ވައިޓް ބޭނުންކުރާ ކަމަށާއި، އޮތް މިންވަރު ބަލަން ޓެސްޓުކުރަން ފަށާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ؛ އަދަދު

ނެޝަނަލް ޑްރަގް އެޖެންސީ: ރާއްޖޭގައި ޗައިނާ ވައިޓް ބޭނުންކުރާ ކަމަށާއި، އޮތް މިންވަރު ބަލަން ޓެސްޓުކުރަން ފަށާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ؛ އަދަދު

ނުރައްކާ ބާވަތެއް ކަމަށްވާ ފެންޓަނީލް-ލޭސްޑް ޑްރަގްސް (ޗައިނާ ވައިޓް) ބޭނުންކުރާ ކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައީ މަރުވެފައި އޮތް ދެމީހެއްގެ ހަށިގަނޑު މާލޭގެ ދެ ގެއެއްގެ ތެެރެއިން ފެނުނު ފަހުން ކަމާއި އެ ބާވަތުގެ ޑްރަގަށް މީހުން ޓެސްޓްކުރެވެން ރާއްޖޭގައި އަދި ނެތް ކަން އެނގިއްޖެ އެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ އިމާދު ސޯލިހު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާ ބާވަތެއް ކަމަށްވާ ޗައިނާ ވައިޓް ބޭނުންކުރާ ކަމަށާއި، ބޭނުންކުރާ މިންވަރު ދެނެގަންނަން ޓެސްޓުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އިމާދު ސޯލިހު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި ޗައިނާ ވައިޓު ބޭނުންކުރާކަން އެންޑީއޭގެ ކްލައިންޓުންގެ ފަރާތުން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާތާ ހަފްތާއެއް ވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހޯމް މިނިސްޓްރީއާއި މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ހޯމް މިނިސްޓްރީން އެކަން އާންމުންގެ ސަމާލު ކަމަށް ގެނައީ ވެސް އެކަމުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ހޭލުންތެރި ކުރުވުމަށް ކަމަށާއި، އެކަން ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ފަރުވާދޭ ކްލައިންޓުންގެ ފަރާތުން، ހާއްސަކޮށް މެތަޑޯންގެ ފަރުވާދޭއިރު އަޅުގަނޑުމެންނަށް ކްލައިންޓުންގެ ފަރާތުން މި މަސްތުވާތަކެތި ބޭނުންކުރާކަން ވަނީ ސަމާލުކަމަށް އައިސްފައި،" އިމާދު ބުންޏެވެ.

ރާއްޖޭގައި މި ޑްރަގަށް ޓެސްޓުކުރެވޭނެ ގޮތެއް ނެތްކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެސްޓު ކިޓުތައް ރާއްޖެ ގެނެސް ޓެސްޓުކުރަން ފަށާނެ ކަމަށާއި، އެއާއެކު ރާއްޖޭގައި މި ޑްރަގް އޮތް މިންވަރު ދިރާސާއެއްގެ ގޮތުގައި އެނގިގެން ދާނެ ކަމަށެވެ.

" އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން ސީދާ މިކަމުގެ މިހާރު ގްރެވިޓީ އޮތް މިންވަރު ދެނެގަތުމަށްޓަކައި ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން ރަނގަޅު ސާމްޕަލްއަކާ އެކީގައި. އޭރުން ދިރާސާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގޭނެ ބުނަން ނިސްބަތެއް މިދެންނެވި ބާވަތުގެ މަސްތުވާއެއްޗަށް. ލަސްތަކެއް ނުވެ ފަށާނަން. އެއަށް ބޭނުންވާނެ ކިޓާއި ސާމާންތައް ވެސް އަޅުގަނޑުމެންނަށް ސީދާ ލިބިގެން މިކަން ކުރިއަށް ގެންދެވޭނީ. އެކަން އަޅުގަނޑުމެން ކުރިއަށް ގެންދަން،" އިމާދު ވިދާޅުވި އެެވެ.

އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި އިންފެކްޓްވެގެން އެޑްމިޓުކުރާ ބައެއް ބަލިމީހުން ޗައިނާ ވައިޓް ބޭނުންކުރި ކަމަށް ބުނަމުން އަންނަ ކަމަށެވެ.

މިކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ޑރ. މުހައްމަދު އަލީ ވިދާޅުވީ އަވަސް ފިޔަވަޅު ނާޅައިފިނަމަ އޭގެ ގެއްލުން ކުރިއަށް އޮތް ދުވަސްތަކުގައި ދައްކާނެ ކަމަށެވެ.

ޗައިނާ ވައިޓް ދުނިޔޭގެ މާކެޓުގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާތީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ މިއަދު ބުނި އެވެ.

ހޯމް މިނިސްޓްރީން ބުނީ ޗައިނާ ވައިޓަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށާއި، މަސްތުވާތަކެތީގެ އެ ބާވަތުން ފުރާނައަށް ނުރައްކާވާ ކަމަށެވެ.

"މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މިދަނީ ކުރަމުން،" ހޯމް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ސިންތެޓިކް ޑްރަގަށް ދޭނެ ވަކި ފަރުވާއެއް މިހާތަނަށް ހަމަޖެހިފައި ނުވެ އެވެ. މިގޮތުން އެފަދަ މަސްތުވާއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ކައުންސިލިންގެ އިތުރުން ދޭންޖެހޭ ސައިކޯ ސަޕޯޓު ދެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުއްލި މަރުތައް ގިނަވާން ފަށާފައިވާއިރު، މިދިޔަ ދެ ހަފްތާ ތެރޭގައި ވެސް ވަނީ ގޮތް ނޭގޭ މަރުތަކެއް ހިނގާފަ އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލްތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox