ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައުއަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބޭންކް ފަންޑް"' ތައާރަފު ކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާ ތަކަށް އަމާޒުކޮށް ބޭންކުން ވަނީ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތަކާއި ކްލަބްތަކަށެވެ. އަދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން، 10 ގެ ރޭގަނޑު 11:00 އެވެ.
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން އިޖްތިމާއީ ހަރަކާތްތަކަށް އެހީވުމަށް ފަންޑެއް އިފްތިތާހްކުރުން -- ފޯޓޯ؛ މިރާޝް ނާޝިމް / އަދަދު
"މި ތައާރަފު ކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަލުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަންނަނީ ހިދުމަތް ދެމުންދާ މި މުޖުތަމައުގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓު ކުރަމުން ކަމަށެވެ.
މިގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް ބީއެމްއެލްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.











