ރާއްޖޭން ބޭރަށް ދަތުރުނުކުރެވޭތީ ދަތިވޭ: ބައްސާމް

May 20, 2024, 10:11 AM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.--- ފޮޓޯ: އަދަދު

ކޯޓުގައި ހިނގާ މައްސަލަތަކުގެ ސަބަބުން، ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން، ރާއްޖޭން ބޭރަށް ދަތުރުނުކުރެވޭތީ، ހަވާލުވެފައި ހުރި މަގާމުތަކުގެ ޒިންމާ އަދާކުރުމަށް ދަތިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މި ގޮތަށް ވިދާޅުވީ، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ވާހަކަ ދައްކަވަމުންނެވެ. ހިޔާނާތާއި މަނީ ލޯންޑަރިން މައްސަލައިގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޑިސެމްބަރު މަހު ފަސް ވަނަ ދުވަހު އެވެ.

Advertisement

ކުރިން އޮތް ގޮތުން، އަންނަ މަހު ފަސް ވަނަ ދުވަހު ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓި މުއްދަތު ހަމަވާނެ އެވެ. އެކަމަކު، މިއަދު ބައްސާމް ފިލައިގެން ގޮސްފާނެ ކަމުގެ ބިރު އޮތުމާ އެކު، ދައުލަތުން އެދިގެން ކޯޓުން ނިންމީ މައްސަލަ ނިމެންދެން ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، އޭނާ އަކީ އޭއެފްސީގެ މަގާމުތަކެއް ފުރުއްވަމުން އަންނަ ފަރާތެއް ކަމަށާއި، ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ރާއްޖޭން ބޭރަށް ދަތުރުކުރެވެން ނެތުމުން، އެ މަގާމުތަކުގެ ޒިންމާ އަދާކުރުމުގައި ދަތިވާ ކަމަށެވެ.

މިދިޔަ ހަފްތާ ބަންދުގައި ތައިލެންޑްގެ ބެންކޮކްގައި، އޭއެފްސީގެ ކޮންގްރެސް އާއި ފީފާގެ ކޮންގްރެސް ވަނީ ކުރިއަށް ގޮސްފަ އެވެ. މީގެއިން އެއްވެސް ބައްދަލުވުމެއްގައި ބައްސާމަށް ބައިވެރިވެވޭ ގޮތެއްނުވި އެވެ.

މިދިޔަ އަހަރު އޮތް އޭއެފްސީގެ އިންތިހާބުގައި ބައްސާމް ވަނީ، އެ ފެޑެރޭޝަނުގެ އެކްސްކޯ އަށް އިންތިހާބުވެވަޑައިގެންފަ އެވެ. އެއީ، 2023-2027 އަށް އޮތް ދައުރެއްގަ އެވެ. މީގެ އިތުރުން، އޭއެފްސީގެ މެމްބަރު އެސޯސިއޭޝަންތަކުގެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ހުންނެވީ ވެސް ބައްސާމް އެވެ.

މީގެ ތިން މަސް ކުރިން، ގަތަރުގައި އޮތް ފީފާގެ ބައްދަލުވުމަކަށް ދިއުމަށް ވެސް ބައްސާމް ވަނީ ކޯޓުގައި ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދޭށެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މާޗް މަހުގެ އަދަދުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެފްއޭއެމް އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ)ގެ ބޮޑުބައެއް ބައްސާމް އާއި އޭނާގެ ގާތްފަރާތްތަކުގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox