އާސެނަލް އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް، ލީގު ކާމިޔާބުކުރާނެ: އާޓެޓާ

May 20, 2024, 8:16 AM
އާސެނަލް އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް، ލީގު ކާމިޔާބުކުރާނެ: އާޓެޓާ

ލަންޑަން (މެއި 20) - އާސެނަލް އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށާއި އާސެނަލް އިން ލީގު ޗެމްޕިއަންކަންވެސް ހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ އެވަޓަން އަތުން 2-1 އިން އާސެނަލް މޮޅުވި ނަމަވެސް، ލީގުގައި ރޭ ވެސްޓް ހޭމް އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވުމުން، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސިޓީ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އާސެނަލް ލީގު ނިންމާލީ 89 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މިދިޔަ ސީޒަންގައި ވެސް އާސެނަލް ލީގު ނިންމާލީ ދެ ވަނައިގަ އެވެ.

Advertisement

މެޗަށް ފަހު އާޓޭޓާ ބުނީ އާސެނަލް އިން މިހާރު ކުރާގޮތަށް މަސައްކަތް ކޮށްފިނަމަ، އެ ޓީމަށް ލީގު ކާމިޔާބުކުރެވޭނެ ކަމަށެވެ. އަދި މި ސީޒަނަށް ފަހު، އާސެނަލް އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

"އަހަރަމެން މިކުރާ ގޮތަށް މަސައްކަތްކޮށްފިނަމަ އަހަރަމެންނަށް ލީގު ކާމިޔާބުވާނެ. އަހަންނަށް ނޭނގޭ ސީދާ ކޮން އިރަކު ކަމެއް. އެކަމަކު އާސެނަލް އިން ލީގު ކާމިޔާބުކުރާނެ،" އާޓެޓާ ބުންޏެވެ.

މި އަހަރުން ފެށުނީންސުރެ، ލީގުގައި އާސެނަލް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. މި އަހަރު ލީގުގައި ކުޅުނު 18 މެޗުގެ ތެރެއިން 16 މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ.

އާޓެޓާ ބުނީ ލީގު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކަށްވީ މިދިޔަ މަހު އެސްޓަން ވިލާ އަތުން އާސެނަލް ބަލިވި މެޗު ކަމަށެވެ.

"އަމިއްލަ ދަނޑުގައި (ވިލާއާ) ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ވައްދާލިނަމަ، އަހަރަމެން އޮންނާނީ 4-0 އިން ކުރީގައި. މުޅިން ހާލަތު ބަދަލުވީސް އެ މެޗުން މޮޅުވިނަމަ،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ އާސެނަލް އޮތީ "ރަނގަޅު މަގުގައި" ކަމަށާއި އެ ޓީމުގެ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox