އިންޑޮނީޝިއާގެ ހަލްމަހެރާ ނަމަކަށް ކިޔާ ރަށުގައި ހުންނަ "މައުންޓް އިބޫ" ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވާތަީ ހަތް އަވަށަކުން މީހުން ހުސްކޮށްފި އެވެ.
އިންޑޮނީޝިއާގެ އިދާރާތަކާ ހަވާލާދީ ބައިނަލް އަގުވާމީ ނޫސްއެޖެންސީތަކުން ބުނީ މައުންޓް އިބޫގެ ކައިރީގައިވާ ހަތް އަވަށެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަަމަށެެެވެ. އިންޑޮނީޝިއާގެ ވޯލްކެނޮލޮޖީ އެޖެންސީއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މައުންޓް އިބޫ ގޮވަން ފެށި ވަގުތު ވަރަށް ބޮޑަށް ވަނީ ޖަންބު ކުލައިން ވިދާފަ އެވެ.
މިދިޔަ ހަފްތާއިން ފެށިގެން އެ ސަރަހައްދުގައި ރަތް އެލާޓް ނެރެފައިވާއިރު، ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އިންޑޮނީޝިއާގެ އަސްކަރިއްޔާގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މައުންޓް އިބޫއަކީ އިންޑޮނީޝިއާގެ އަލިފާންފަރުބަދަތަކުގެ ތެރެއިން، އެންމެ ގިނައިން ގޮވާ ފަރުބަދަ އެވެ. އެ ފަރުބަދަ މިދިޔަ އަހަރު ވެސް 21،000 އަށްވުރެ ގިނަ ފަހަރު ގޮވި އެެވެ.










