ބްރައިޓަންގެ ކޯޗުކަމުން ޑި ޒާބީ ވަކިވަނީ

May 19, 2024, 8:26 AM
ބްރައިޓަންގެ ކޯޗުކަމުން ޑި ޒާބީ ވަކިވަނީ

ލަންޑަން (19 މެއި) - މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ކުޅޭ ފަހު މެޗަށްފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވުމަށް ރޮބާޓޯ ޑި ޒާބީ ނިންމައިފި އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ކުޅޭ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ބްރައިޓަންގެ ޗެއާމަން ޓޯނީ ބްލޫމް ވިދާޅުވީ އެ ޓީމުގެ ކޯޗުކަމުން ވަކިވުމަށް ޑި ޒާބީ ނިންމީ ކްލަބާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު "ދެ ފަރާތުން އެއްބަސްވެގެން" ކަމަށެވެ.

Advertisement

ބްލޫމް ވިދާޅުވީ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބްރައިޓަން އިން ކާމިޔާބު ދެ ސީޒަން ހޭދަކޮށްފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވުމާ ގުޅޭގޮތުން ދެ ފަރާތުންވެސް ވިސްނީ ދެ ފަރާތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

"މިހާރު ވަކިވީމަ، ދެ ފަރާތަށްވެސް އެބަ ލިބޭ އަންނަ ސީޒަނަަށް ޕްލޭންކޮށް ތައްޔާރުވާނެ ވަގުތު،" ބްލޫމް ވިދާޅުވިއެވެ.

އިޓަލީ އަށް ނިސްބަތްވާ ޑި ޒާބީ، 44، ބްރައިޓަންގެ ކޯޗުކަމާ ހަވާލުވީ 2022 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ބްރައިޓަންގައި ޑި ޒާބީ ހޭދަކުރި ފުރަތަމަ ސީޒަންގެ އެ ޓީމުން ލީގުގެ ހަ ވަނަ ހޯދައި، ޔޫރަޕްގެ މުބާރާތަށް ކޮލިފައިވިއެވެ. މިއީ ބްރައިޓަންގެ ތާރީހުގައި އެ ކްލަބުން ޕްރިމިއާ ލީގުގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

މި ސީޒަންގެ ކުރީކޮޅު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ޑި ޒާބީ އަށް ޝައުގުވެރިވި އެވެ. މި ސީޒަންގެ ޕްރިމިއާ ލީގު ބްރައިޓަން ނިންމާލާނީ 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox