އެމެރިކާގެ މަޝްހޫރު ކޮފީ ޗޭނެއް ކަމަށްވާ "ދަ ކޮފީ ބީން އެންޑް ޓީ ލީފް" ގެ ފިހާރައެއް ރާއްޖޭގަ ހުޅުވުމަށް ވޯޓާސްކޭޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާ އެކު ފްރެންޗައިޒް އެއްބަސްވުމެއްގަ ސޮއިކޮށްފި އެވެ.
ވޯލްޑް ކޮފީ ބީން ޕޯޓަލްގަ އިއްޔެ ޝާއިއުކުރި ހަބަރެއްގަ ބުނެފައިވާ ގޮތުގައި ފިލިޕީނޯ ފުޑްސާވިސް ގްރޫޕް، ޖޮއްލިބީ ފުޑް ކޯޕަރޭޝަނުގެ ކޮފީ ޗެއިންގެ ފުރަތަމަ ފިހާރަ މި އަހަރުގެ ތިން ވަނަ ކުއާޓާގައި ރާއްޖޭގައި ހުޅުވާ އެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ އެވެ.
"ވޯޓާސްކޭޕް އިންވެސްޓްމަންޓާ އެކު އެއްބަސްވުމަކަށް އާދެވުމުން ވަރަށް އުފާ ވެއްޖެ، މިކަމުން ދައްކައިދެނީ އަހަރެމެންގެ ކޮފީ އާއި ސައި ދުނިޔޭގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް އޮތް ޝައުގުވެރިކަން، އަދި މިއީ ރާއްޖޭގަ މަގުބޫލު ބްރޭންޑަަކަށް ހަދަން މަސައްކަތް ކުރާނަން،" ކޮފީ ބީންގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ޔޫސުފް އަބްދުލްޣަނީ ވިދާޅުވި އެވެ.
ދަ ކޮފީ ބީން އިން ނެރުނު ނޫސްބަޔާނެއްގަ ބުނީ އެ ޗޭނުގެ ވިޔަފާރި ފުޅާކުރުމަށް ތަފާތު ފަރާތްތަކާއެކު ހަދާފައިވާ ފްރެންޗައިންސް އެއްބަސްވުމުގެ ދަށުން އެމެރިކާގެ އިތުރުން މެދުއިރުމައްޗާއި އޭޝިޔާ އަދި ޗައިނާގަ ވެސް ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެ 60 އަހަރު ކުރިން އުފަންވި، ދަ ކޮފީ ބީންގެ 1،165 ފިހާރަ، 26 މާކެޓަކަށް އަމާޒުކޮށް މިހާރު ވެސް ހިންގަ އެވެ.










