ޔުނައިޓެޑް ދޫކޮށްލާކަށް ބޭނުމެއް ނޫން: ފެނާންޑޭސް

May 16, 2024, 6:18 AM
ޔުނައިޓެޑް ދޫކޮށްލާކަށް ބޭނުމެއް ނޫން: ފެނާންޑޭސް

ލަންޑަން (މެއި 16) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި އެކަމަކު އެ ކްލަބުން އޭނާ ބޭނުންނުވާނަމަ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓެޑްގެ އާ މެނޭޖްމަންޓްގެ ވިސްނުމަކީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ގިނަ ތަރިންތަކެއް ވިއްކާލައި، އާ ކުޅުންތެރިން ހޯދުމަށް ފަންޑް ހޯދުމެވެ. އޭގެ ތެރޭގައި ފެނާންޑޭސް ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޔުނައިޓެޑުން ނުވިއްކާނީ ޒުވާން ކުޅުންތެރިން ކަމަށްވާ އަލެހަންދުރޯ ގަނާޗޯ އާއި ކޯބީ މައިނޫ އަދި ރަސްމުސް ހޮއިލުންޑެވެ.

Advertisement

ފެނާންޑޭސް ބުނީ ޔުނައިޓެޑް ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް ނެތް ކަމަށެވެ.

"ކްލަބުގެ މުސްތަގްބަލުގައި އަހަރެން ހިމަން ބޭނުންވާނަމަ، އަހަރެން މި ކްލަބުގައި ދެމިހުންނާނަން. އެކަމަކު ކްލަބުން އަހަރެން ބޭނުންނުވެއްޖެނަމަ އަހަރެން އެހެން ކްލަބަކަށް ދާނީ،" ފެނާންޑޭސް ބުންޏެވެ،

ފެނާންޑޭސް މިހާރު ޔުނައިޓެޑްއާ އެކު ހަދާފައިވާ ކޮންޓުރެކްޓްގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. އަދި އެ ކޮންޓުރެކްޓްގައި ވާ ގޮތުން ދެ ފަރާތުން އެއްބަސްވާނަމަ، އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރެވޭނެ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އެ ކްލަބުން ފެނާންޑޭސް ބަހައްޓަން ބޭނުންވާ ކަމަށެވެ. އެކަމަކު، ޔުނައިޓެޑްގައި އޮތް މުސްތަގުބަލާމެދު ސުވާލު އުފެދޭ ގޮތަށް ފެނާންޑޭސްް ވާހަކަދެއްކީ ކީއްވެގެންތޯ ނޫސްވެރިން ސުވާލުކުރުމުން ޓެން ހާގް ބުނީ "އެއްޗެއް ބުނަން އެނގޭނީ އެ އިންޓަވިއު ބެލުމަށްފަހު" ކަމަށެވެ.

ޓެން ހާގް ބުނީ ފެނާންޑޭސް އަކީ އަބަދުވެސް ޓީމު މޮޅުކޮށްދޭން ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށެވެ.

"ޓީމުގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވާ ދަނޑިވަޅެއްގައި، ޓީމު ލީޑު ކުރުމަކީ ފަސޭހަކަމެއް ނޫން،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން މި ސީޒަނަށް ފަހު ޓެން ހާގް މަގާމުން ވަކިކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox