ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ގުޅިފަޅު މަތިން ނަގާފައިވާ ފޮޓޯއެއް: ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ބާތިލްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގުޅިފަޅު މަތިން ނަގާފައިވާ ފޮޓޯއެއް: ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ބާތިލްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގޯތި ދިނުމަށާއި ފްލެޓް އެޅުމަށް އަދި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސައިލަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް މިއަދު ނިންމީ ހައި ކޯޓުގެ ވަގުތީ އަމުރު ތަންފީޒުކުރުން މަޑުޖައްސައިލަން ކުރިން އަމުރުކޮށް، އެއާ އެކީ މިދިޔަ ސަރުކާރުން ރާވާފައިވާ ވަރަށް ގުޅީފަޅު ހިއްކުމުގެ މަސައްކަތް ނިންމާލާފައި ވެސް ވަނިކޮށެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

އޭނާ ހުށަހެޅި މައްސަލާގައި ބިން ހިއްކުން މަޑުޖައްސައިލަން އެދުނު ވަގުތީ އަމުރު ހައި ކޯޓުން ނެރުމުން ދައުލަތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވީ އެ ހުކުމުގައި ފާހަގަކުރެއްވި ކަމަކީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަލަން ޖެހޭނެ ހަމައެކަނި ކަމަކީ ވަގުތީ އަމުރު ހައި ކޯޓުން ނެރުނީ އޮންނަން ޖެހޭ އުސޫލުތަކާ އެއް ގޮތަށްތޯ ނުވަތަ ނޫންތޯ ބެލުމެވެ.

މައުޟޫއީ މައްސަލާގައި ހިމެނޭ އެކި ނުކުތާތަކާ މެދު މި މަރުހަލާގައި އެ ކޯޓުން ބަލަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި ދެން ފާހަގަކޮށްފައިވަނީ ހައި ކޯޓުން ވަގުތީ އަމުރު ނެރުމުގައި، އެ މަޝްރޫއު މަޑުޖައްސާލުމުން ދައުލަތަށް އޭގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކަށް ރިއާޔަތްކޮށްފައި ނެތް ކަމެވެ.

ދައުލަތާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއު ހުއްޓާލައިފިނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހެ އެވެ. މަސް ދުވަހަށް ހުއްޓާލާފައި ބާއްވާނަމަ 11 މިލިއަން ޔޫރޯ ދައުލަތަށް ހަރަދުވާނެ އެވެ.

ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކުރީ އެ ފަޅު ހިއްކުމުގައި އެންމެ ކުރީންސުރެ ހަރަކާތްތެރިވި ނެދަލޭންޑްސްގެ ބޮސްކާލިސް އަށެވެ. އެއީ ފުރަތަމަ ފިޔަވައްސެވެ. އެ ފިޔަވަހީގެ ދަށުން ހިއްކީ 42 ހެކްޓަރެވެ. ދެވަަނަ ފިޔަވަހީގެ ގޮތުގައި ހަވާލުކުރީ އިތުރަށް 150 ހެކްޓަރެވެ.

ގުޅީފަޅު ފުރަތަމަ ހިއްކަން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ގުޅީފަޅުން ހިއްކީ 27 އެއްހާ ހެކްޓަރުގެ ބިމެވެ. ދެން އައި ސަރުކާރުން އެ މަސައްކަތް ހުއްޓާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox