ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކުރަން ޖެހޭ: ފެމިލީ ކޯޓް

ފެމިލީ ކޯޓަށް ވަންނަ ދޮރާށި، ރާއްޖޭގައި ނިސްބަތުން ވަރި ގިނަކަމަށް މިކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ. ފައިލް ފޮޓޯ: އަދަދު

ފެމިލީ ކޯޓަށް ވަންނަ ދޮރާށި، ރާއްޖޭގައި ނިސްބަތުން ވަރި ގިނަކަމަށް މިކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ. ފައިލް ފޮޓޯ: އަދަދު

ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން އެނގޭ ކަމަށާއި އެކަން ހައްލުކުރުމަށް ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހީމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ބަޔާނެއްގައި ގާޒީ މާހިރު ވިދާޅުވީ ގިނަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބުތަކަށް ބަލާއިރު، ޖެހޭ މައްސަލައިގެ ބޮޑުމިނަށް ވުރެ މައްސަލަ ހައްލު ނުވެ ހޭދަވާ މުއްދަތު ދިގުވުން ފާހަގަ ކުރެވޭ ކަމަށެވެ. އެފަދަ މައްސަލަތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރެެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާންޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ. މިހާލަތު ރަނގަޅުކުރުމަށް ޓަކައި ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ދެކެން،" ބަޔާނުގައި ގާޒީ މާހިރު ވިދާޅުވި އެވެ.

ވަރިކުރަން އެދި ފެމިލީ ކޯޓަށް ހުށަހަަޅާ މައްސަލަތަކުގައި ވަރިކުރަން ހުށަހަޅަނީ "އަނބިމީހާ ކިޔަމަންނުވާތީ" ކަަމަށް، ގިނަ ފިރިހެނުން ބުނާ ކަަމަށާއި ގިނަ އަންހެނުން ހުށަހަޅާ ސަބަބަކީ "ފިރިމީހާ އަނބިދަރިންނަށް އަޅައިނުލުން" ކަަން ބަޔާނުގައި ގާޒީ މާހިރު ފާހަގަކުރެއްވި އެވެ.

"ރަށްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާ އިރު، އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނޭ. އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން، އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުންކުރާ ހައްގު ޝަކުވާއެއް،" ބަޔާނުގައި ގާޒީ ވިދާޅުވި އެެވެ.

ވަރިގިނަވާ ސަބަބެއްގެ ގޮތުގައި ފެމިލީ ކޯޓަށް މި ފަހުން ފާހަގަކުރެވިފައިވާ އަނެއް ސަބަބަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި، ކައިވެނިތައް ރޫޅައިލަން (ބަޔަކު) ހިތްވަރު ދިނުމެވެ. އެގޮތަށް ކަންތައް ކުރުުމުން އަންހެނުން އިތުރަށް ނިކަމެތިވެ، ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމުވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އެކޯޓުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox