އެސްޓަން ވިލާ، 41 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ

May 15, 2024, 4:37 AM
އެސްޓަން ވިލާ، 41 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ

ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ކަށަވަރުކޮށް، އެސްޓަން ވިލާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ އެވެ.

ވިލާ އަށް ލީގުގެ ހަތަރު ވަނަ ކަށަވަރުވެ، ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން ފަސް ވަނައiގައި އޮޓް ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން ބަލިވުމުންނެވެ.

ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް އެއް މެޗު އޮތްއިރު، ވިލާ ހަތަރު ވަނަ ކަށަވަރުކުރީ 68 ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮތީ ޓޮޓެންހަމް އޮތީ 63 ޕޮއިންޓާއެކުއެވެ.

ކުރިން އޮތް ޔޫރަޕިއަން ކަޕް ރީބްރޭންޑްކޮށް، ޗެމްޕިއަންސް ލީގު 1991/1992 ވަނަ އަހަރު ސީޒަންގައި ތައާރަފްކުރި ފަހުން ވިލާ އެ މުބާރާތަށް ކޮލިފައިނުވެ އެވެ.

ޔޫރަޕިއަން ކަޕްގައި އެންމެ ފަހުން ވިލާ ކުޅުނީ މީގެ 41 އަހަރު ކުރިންނެވެ. އެއީ، 1982/1983 ވަނަ އަހަރުގެ ސީޒަންގައެވެ. އޭގެ ކުރީ ސީޒަންގައި ވިލާ އިން ޔޫރަޕިއަން ކަޕް ކާމިޔާބުކުރިއެވެ.

ވިލާ ވަނީ މީގެ ކުރިން 1992/1993 ވަނަ އަހަރު ލީގުގެ ދެ ވަނަ އަދި 1995/1996 ވަނަ އަހަރުގެ ސީޒަންގެ ހަތަރު ވަނަ ހޯދައިފަ އެވެ. އެހެން ނަމަވެސް، އޭރު ޗެމްޕިއަންސް ލީގަށް ކޮލިފައިވަނީ ލީގުގެ ޗެމްޕިއަން ޓީމު އެކަންޏެވެ.

ޓޮޓެންހަމް އާއި ސިޓީގެ މެޗު ނިމުނުއިރު، ވިލާގެ ޓީމު ތިބީ އެ ޓީމުގެ އަހަރީ އެވޯޑް ނައިޓްގަ އެވެ. އެ މެޗު ނިމުމާއެކު، ވިލާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އެވޯޑް ނައިޓްގެ ތެރެއިން އުފާފާޅުކުރަން ފަށައިފައެވެ.

"މިއީ ވަރަށް ހާއްސަ ދުވަހެއް،" ވިލާގެ ކޯޗު އުނާއީ އެމެރީ ބުންޏެވެ. "އަހަރަމެން ސީޒަން ފެށީ މި އަމާޒު ހާސިލްކުރަން. އެއީ އަހަރެމެން ދެކެމުންއައި ހުވަފެނަކީ. ޗެމްޕިއަންސް ލީގުގައި ކުޅުމަކީ ވަރަށް ބޮޑު އުފަލެއް،"

އެމެރީ ވިލާގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އެމެރީގެ އިރުޝާދުގެ ދަށުން ސިޓީ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ވިލާގެ ކޯޗުކަމާ އެމެރީ ހަވާލުވި ފަހުން، އެ ޓީމަށް ވުރެ ގިނައިން ޕްރިމިއާ ލީގުގައި ޕޮއިންޓް ހޯދާފައިވަނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި އާސެނަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox