އަލްހާންގެ ތިން ބެއިންގެ ޝަރީއަތް ފަށައި ވަކީލުން ހޯދަން 10 ދުވަސް ދީފި

އަލްހާންގެ ތިން ބެއިން ކޯޓުގައި

އަލްހާންގެ ތިން ބެއިން ކޯޓުގައި

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކައިން ކަމަށްވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ މިއަދު ޝަރީއަތް ފަށައިފި އެވެ.

މި މައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި, އަލްހާން ފަހުމީ އަދި ސަހުބާން ފަހުމީގެ އިތުރުން ސ. ފޭދޫ, ބޮންތި, ޝަޒްބާން ފަހުމީގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 13 ދައުވާއެކެވެ. އެއީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގައި އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި 13 މީހުންގެ ފަރާތުން ކޮންމެ މީހެއްގެ ބައިން ވަކި ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ތިން ބެއިން ވެސް ވަޑައިގަތީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން އަލްހާން އަދި ސަހުބާން އެދުނީ އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ޝަޒުބާން ދެ މަސް ދުވަހުގެ ފުރުސަތަކަށް އެދުނެވެ.

ތިން ބެއިން ވެސް މާލީ ހާލަތު ދަށް ކަމުގެ ވާހަކަ ފާހަގަ ކުރުމުން، ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުން ކުރަން ބޭނުންވޭތޯ، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ސުވާލު ކުރެއްވި އެވެ.

ތިން ބެއިން ވެސް ވިދާޅުވީ އެ ހާލަތަށް އަދި ނުދާ ކަމަށާއި ބޭނުން ވަނީ އަމިއްލައަށް ވަކީލަކު އައްޔަންކޮށްގެން ކުރިއަށް ދާން ކަމަށެވެ.

ގާޒީ ޝަފީއުު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސަން އެއް މަަސް ދުވަހުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެ ގާނޫނުން ޖާގަ ދެނީ އެންމެ ގިނަވެގެން ވެސް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށާއި ތިން ބެއިންނަށް ވެސް ވަކީލުން ހަމަޖައްސަން އެ މުއްދަތު ދީފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން އެ ތިން ބެއިން ހިންގާ ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓު ކުރި އެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ނުކޮށްދީ ފައިސާ ޓަކައިފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.

މި މައްސަލާގައި ގެއްލުން ލިބުނު އިތުރު މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން އިތުރު ދައުވާތައް ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox