މިނިސްޓަރު ވިދާޅުވަނީ އިންޑިއާގެ އެހީތެރިކަން އަދިވެސް ލިބޭނެ ކަަމަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާ ސަފީރު މޫނޫ މަހާވަރާ ބައްދަލުކުރައްވަނީ. ސަަރުކާރުން މިހާރު އަންނަނީ އިންޑިއާއާ ގުޅުން ބަދަހިކުރަމުން. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާ ސަފީރު މޫނޫ މަހާވަރާ ބައްދަލުކުރައްވަނީ. ސަަރުކާރުން މިހާރު އަންނަނީ އިންޑިއާއާ ގުޅުން ބަދަހިކުރަމުން. ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްނުުވާ ކަމަށާއި ދިމާވާ ބޮޑެތި ކަންކަމުގައި އެގައުމުގެ އެހީތެރިކަން އަދިވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީއާއި އެޕާޓީއަކުން ޕީއެންސީ އުފެއްދި ޕީޕީއެމް އިދިކޮޅުގައި ތިބި އިރު އިންޑިއާއާ ދެކޮޅަށް އަޑު އުފުލައި ވަރުގަދަ ހަރަކާތެއް ހިންގި އެވެ. އޭރު އިންޑިއާއަށް ފާޑުކީ މައިގަނޑު ދެ ކަަމަކާ ގުޅުވައިގެންނެވެ. އެއީ ވައިގެ ތިން އުޅަނދެއް އޮޕަރޭޓްކުރުުުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި އެގައުމުން ދަރަންޏަށް ދޫޫކޮށްފައިވާ ފައިސާގެ އަދަދު ގިނަކަމާ ހެދި އެވެ.

އިދިކޮޅުގައި ތިބި އިރު އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލަން ވައުދުވެފައި ވާތީ ރާއްޖޭގައި ތިބި ، އެގައުމުގެ 88 ސިފައިންގެ ތެރެއިން 76 މީހަކު އަނބުރައި ފޮނުވައިލުމަށް ފަހު އެކަމާ ބެހޭ މައުލޫމާތު ދޭން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުުމެއް ބޭއްވި އެވެ.

އެ ބައްދަލުުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެެެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ. ދެ ސަރުކާރުގެ ދެމެދުގައި މުއަމާލާތްތައް ހިނގަމުން އަންނީ ރަހުމަތްތެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ރާއްޖެއަށް ދިމާވާ ކަންކަމުގައި އަަޅުގަނޑުމެންނަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން،" ޒަމީރު ވިދާޅުވި އެވެ.

އެއަށް ފަހު އޭނާ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރެއްވި އެެވެ.

"ރާއްޖޭގެ މިނިވަންކަމަށާއި އަދި އޭގެ އިތުރުުން ރާއްޖޭގެ ތަރައްގީއަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް [ކޮށްދިން]، ވަރަށް ބޮޑު ބައިވެރިވުމެއް އޮތް ގައުމެއް އިންޑިއާއަކީ އިނގޭތޯ،" ޒަމީރު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ 1988 ވަނަ އަހަރު އަވަށްޓެރި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ދިން އުދުވާނީ ހަމަލާގެ ވާހަކަ އެވެ. އެހީތެރިވެވޭނެ ގިނަ ގައުުމުތަކެއް ހުރި ނަަމަވެސް އެފަހަރު ވެސް ލިބުނީ އިންޑިއާގެ އެހީ ކަަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހީތެރިކަމަށް ތައުރީފު ކުރެއްވުމަށް ފަހު، މިނިސްޓަރު ދެއްކެވީ އެންމެ ފަހުން އެގައުމަށް ކުރެއްވި ދަތުރުގައި އެގައުމުގެ ސަރުކާރުން ބެހެއްޓި ގާތްކަމުގެ ވާހަކަ އެވެ.

"އެހެންވީމާ އަޅުގަނޑުމެންނާ އިންޑިއާއާ އެކީ އޮތީ ވަރަށް ގާތް ގުޅުމެއް، އިރާދަކުރެއްވިއްޔާ މި ގުޅުން ހީނަރުވާނެ ގޮތަކަށް ސަރުކާރުގެ ޕޮލިސީތައް ބައްޓަން ނުވެސް ކުުރާނަން އިނގޭތޯ" ޒަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox