ހޮޓެލް އޭޝިއާ 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު ސޮއިކުރުން -- ފޮޓޯ: ދިރާގު

ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު ސޮއިކުރުން -- ފޮޓޯ: ދިރާގު

މި އަހަރު އޮންނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 18 ވަނަ އެޑިޝަންގެ ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.

މި އަހަރުގެ އިވެންޓްގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ މެއި، 13 އިން މެއި، 15 ގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގަ އެވެ.

ރާއްޖޭގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ މެއި، 12 އިން މެއި، 15 ގެ ނިޔަލަށް ދަރުބާރުގެ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގަ އެވެ.

މި އަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ.

މީގެ އިތުރުން އައު އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވާކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެ އެވެ.

މިފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާއެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ އެވެ.

މި އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވަރކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ އެވެ.

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox