މެޓް އޮފީހާއި ފިޔަވަތީގެ މުވައްޒަފުންނަށް ފަހު 10 ގެ ބަންދު އެލަވަންސް ނުލިބޭ މައްސަލަ ބޮޑުވެއްޖެ

މަސައްކަތްތެރިންގެ ދުވަހު މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން; މެޓް އޮފީހާއި ފިޔަވަތީގެ މުވައްޒަފުންނަށް ފަހު 10ގެ ބަންދު އެލަވަންސް ނުލިބޭ -- ފޮޓޯ: މިރާން/ އަދަދު

މަސައްކަތްތެރިންގެ ދުވަހު މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން; މެޓް އޮފީހާއި ފިޔަވަތީގެ މުވައްޒަފުންނަށް ފަހު 10ގެ ބަންދު އެލަވަންސް ނުލިބޭ -- ފޮޓޯ: މިރާން/ އަދަދު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިޔަވަތި އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަހު 10 ގެ ބަންދު އެލަވަންސް ނުލިބޭ މައްސަލަ ބޮޑުވެއްޖެ އެވެ.

މިއަހަރުގެ ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުކުރަން, ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ, މުވައްޒަފުންނަށް އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށެވެ. އަދި އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ވެސް ނިންމެވި އެވެ.

އެހެން ނަމަވެސް, ފިޔަވަތި އަދި މެޓް އޮފީސް ފަދަ ބައެއް އިދާރާތަކަށް އެލަވަންސް ނުދޭތީ, މުވައްޒަފުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުގެ މުވައްޒަފަކު ބުނީ, އެ އޮފީހުގެ މުވައްޒަފުންނަށް ފަހު 10 ގެ އެލަވަންސް ނުލިބޭ ކަމަށެވެ. އަދި, އެލަވަންސް ނުލިބޭނެކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

"މުސާރައިގެ އޮނިގަނޑު އެކުލަވާލުމަށްފަހު 2015 ވަނަ އަހަރުން ފެށިގެން ބަންދު ދުވަސްތަކުގައި ޑިއުޓީ ކުރާ މުވައްޒަފުންނަށް އިތުރު ފައިސާއެއް ނުދޭ. މިފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުކުރި އިރު ވެސް އިތުރު އެލަވަންސެއް ނުދޭ," މެޓް އޮފީހުން މައުލޫމާތު ދިން މުވައްޒަފަކު "އަދަދު" ނޫހަށް ކިޔައިދިނެވެ.

މުވައްޒަފުންގެ އެލަވަންސާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ, މެޓް އޮފީހުގައި ތިބެނީ ފަންނީ މުވައްޒަފުންނަށް ވެފައި, އެ މުވައްޒަފުންނަށް ދޭ މުސާރައަކީ ސިވިލް ސާވިސްގެ ބައެއް އެހެން މުއައްސަސާތަކަށް ވުރެ ބޮޑު މުސާރައަކަށް ވާތީ ޑިއުޓީ ކުރާ މުވައްޒަފުންނަށް ބަންދު ދުވަހުގެ އެލަވަންސް ދެމުން ނުދާ ކަމަށެވެ.

އެހެންކަމުން, އެލަވަންސްދޭ ވަކި އުސޫލެއް ސިވިލް ސާވިސް އިން ކަނޑައަޅާފައި ވަނިކޮށް އިތުރު އެލަވަންސެއް ދިނުމަކީ ރަނގަޅު ގޮތް ކަމަށް ނުބެލެވޭތީ ފަހު 10 ގެ އެލަވަންސް ދިނުމުގެ ހުއްދަ ނުދެވޭނެ ކަމަށް އަންގާފައިވެ އެވެ.

މިކަމުގައި މެޓް އޮފީހުގެ ރަސްމީ ބަހެއް ހޯދަން ގުޅުމުން އެ އޮފީހުން ބުނީ, މައުލޫމާތު ހިއްސާ ކުރެވޭނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް އާރްޓީއައި އެއް ލުމުން ކަމަށެވެ.

ފިޔަވަތިން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި, އެ ތަނުގައި ވަޒީފާ އަދާކުރަމުން ދަނީ ދަންވަރާ އެއްކޮށް ޝިފްޓް ޑިއުޓީ އުސޫލުން ކަމަށެވެ. އަދި, ރޯދަ މަހުގެ ފަހު 10 ދުވަހާއި އީދު ބަންދާއެކު, ސަރުކާރު ބަންދު ގިނަ ދުވަސްތަކެއްގައި ވަޒީފާއަށް ނިކުންނަން ޖެހުނުއިރު, މުސާރައަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"ފަހު 10ގައި ނިކުންނަ މުވައްޒަފުންނަށް ދޭން ބުނި އެލަވަންސެއް ނުދޭ. މުސާރައަށް ވެސް ބަދަލެއް ނާދޭ, މިތާނގައި [ފިޔަވަތީގައި] މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 85 އަށްވުރެ ގިނައިރު, އެއިން އެއްވެސް މީހަކަށް ނުލިބޭ," އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މުވައްޒަފުންގެ ކަންބޮޑުވުންތައް ތަނުގެ ވެރިންނާ ހިއްސާކުރުމުން, އެލަވަންސް ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"ސިވިލް ސާވިސްއަށް ގުޅުމުން ބުނީ އެސްއެސް.1 ގެ ވަކި ބަޔަކަށޯ އޭތި [އެލަވަންސް] ލިބޭނީ. އެކަމަކު އެހެންނެއް ނުބުނޭ ރައީސްއެއް,"

ފިޔަވަތީގެ މުވައްޒަފުންނަށް އިނާޔަތް ނުދެނީ ކީއްވެކަން ސާފުކުރަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ގުޅައިގެން, ޖަވާބެެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފަހު 10ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސް ދިނުމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވާގޮތުން, ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox