ޓޮނާލީ އަށް ދިން އަދަބާ މެދު ނިއުކާސަލްގެ ޝަކުވާއެއް ނެތް

May 4, 2024, 11:26 AM
ޓޮނާލީ އަށް ދިން އަދަބާ މެދު ނިއުކާސަލްގެ ޝަކުވާއެއް ނެތް

ލަންޑަން (މެއި 4) - ގަވާއިދާ ހިލާފަށް މެޗުތަކުގައި ބެޓްކުރުމުގެ މައްސަލަތަކެއްގައި މި ވަގުތު ސަސްޕެންޝަނެއްގައި ހުރި ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު، ސަންޑްރޯ ޓޮނާލީ އަށް އިނގިރޭސި އެފްއޭ އިން އެންމެ ފަހުން ދިން އަދަބާ މެދު ޝަކުވާއެއް ނެތް ކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.

ގަވާއިދާ ހިލާފަށް ބެޓް ކުރުމުގެ ކަންކަމުގައި ބައިވެރިވެފައިވާތީ، ޓޮނާލީ މި ވަގުތު ހުރީ 10 މަހުގެ ސަސްޕެންޝަނެއްގަ އެވެ. އެ އަދަބު ތަންފީޒުކުރަމުން ދަނިކޮށް، މިދިޔަ މާޗް މަހު، އިނގިރޭސި އެފްއޭ އިން ވަނީ ޓޮނާލީއާ ގުޅޭ ބެޓިންގެ އާ މައްސަލައެއްގައި އޭނާއާ ސުވާލުކުރަން ފަށައިފަ އެވެ.

Advertisement

އެއީ، ނިއުކާސަލް އަށް ބަދަލުވި ފަހުން، 40-50 ދެމެދުގެ އަދަދަކަށް މެޗުތަކަށް ބެޓްކޮށްފައިވާތީ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ކުޅުނު ހަތަރު މެޗަށް ބެޓް ކުރުން ވެސް ހިމެނެ އެވެ.

މި މައްސަލަތައް ބަލައި، އިނގިރޭސި އެފްއޭ އިން ނިންމީ، ޓޮނާލީ އަށް އިތުރު، ދެ މަހުގެ ސަސްޕެންޝަނެއް ދޭށެވެ. އެކަމަކު، މި ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭނީ މި ފަދަ މައްސަަލައެއް ތަކުރާރުވެއްޖެނަމަ އެވެ.

ނިއުކާސަލްގެ ކޯޗު ހޯވް، ބުނީ، ޓޮނާލީގެ ފަރާތުން ފެންނަނީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ކަންކަން ކަމަށެވެ. އަދި އޭނާ އަށް ކުރެވުނު ކުށަށް އިއުތިރާފްވެ، ތަހުގީގަށް އެއްބާރުލުން ދީ، ކްލަބުން އެދުނު ގޮތަށް މުސާރަ ވެސް ކުޑަކޮށްގެން ހުރުމަކީ، އޭނާ ފުޓްބޯޅަ ކެރިއަރަށް ދޭ އަހައްމިއްޔަތުކަން ފެންނަ ކަމެއް ކަމަށް ހޯވްގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

މިހާރު އޮތްގޮތުން، ޓޮނާލީ އަށް އެނބުރި ކުޅުމަށް އާދެވޭނީ މި އަހަރުގެ އޮގަސްޓް މަހުގަ އެވެ.

އިޓަލީގެ ދެ ވަނަ ޑިވިޝަނުގަައި ބްރެޝިއާ އަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި ޓޮނާލީ ވަނީ އެ ޓީމު 2018-2019 ވަނަ އަހަރުގެ ސީޒަނުގައި އިޓާލީގެ އެއް ވަނަ ޑިވިޝަނުގައި ކުުޅުނުއިރު، އެ ޓީމަށް ކުޅެފަ އެވެ. ޖެހިގެން އައި ސީޒަނުގައި ބްރެޝިއާ ރެލިގޭޓްވުމުން، ޓޮނާލީ 2020 ވަނަ އަހަރު ލޯނަކަށް މިލާނާ ގުޅުނީ އެވެ. އަދި މިލާނުން ވަނީ 2021 ވަނަ އަހަރު ޓޮނާލީގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ.

ނިއުކާސަލުން މިދިޔަ އަހަރު ޓޮނާލީގެ ސޮއި ހޯދީ، 70 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox