ޓޮޓެންހަމް ބަލިކޮށް ޗެލްސީ އަށް ހިތްހަމަޖެހުމެއް

May 3, 2024, 4:55 AM
ޓޮޓެންހަމް ބަލިކޮށް ޗެލްސީ އަށް ހިތްހަމަޖެހުމެއް

ލަންޑަން (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ޗެލްސީން މި ނަތީޖާއާ އެކު ވަނީ މި ސީޒަނުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން ޓޮޓެންހަމް ދަނޑުގައި، ނޮވެމްބަރު މަހު ޗެލްސީން ވަނީ 4-1 އިން ކުރިހޯދައިފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ވަނީ 34 މެޗުން 51 ޕޮއިންޓް ހޯދައި، ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ.

ގަދަ ހަތަރެއްގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމް، މި ނާކާމިޔާބީއާ އެކު، ފަސް ވަނައިގައި އޮތީ 34 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ރޭގެ މެޗުގައި ލީޑުނެގީ، 24 ވަނަ މިނިޓްގައި ޓްރެވާ ޗަލޯބާ ޖެހި ގޯލުންނެވެ. މިއީ، ހިލޭ ޖެހުމަކުން، ކޮނާ ގެލަގާ ނަގައިދިން ބޯޅައަކަށް ފުންމައިގެން އަރައި، ޗަލޯބާ ބޮލުން ޖެހި ލަނޑެކެވެ. މި ގޯލު ބަލައިގަތީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑަކާއި ފައުލެއް އޭރިއާތެރެއިން ހިނގިތޯ ޔަގީންކުރުމަށް ފަހު އެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ކްރިސްޓިއަން ރޮމޭރޯ އަށެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ރޮމޭރޯ ބޮލުން ޖެހިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

ޗެލްސީން ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ 71 ވަނަ މިނިޓްގަ އެވެ. މިއީ، ކޯލް ޕާމާ ޖެހި ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން، ނިކްލަސް ޖެކްސަން ޖެހި ލަނޑެކެވެ.

ޓޮޓެންހަމްގެ މި ނަތީޖާއާ އެކު، ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox