ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަަތަށް، ކެޓަގަރީ އަކީ "ޑިފިކަލްޓް"!

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން އެންގޭ ގޮތަށް މިދިޔަ އަހަރު ފާސްކުރި ގާނޫނު އުވައިލަން ގޮވާލައި އޭރު ކުރި މުޒާހަރާއެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ޖެހިފައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން އެންގޭ ގޮތަށް މިދިޔަ އަހަރު ފާސްކުރި ގާނޫނު އުވައިލަން ގޮވާލައި އޭރު ކުރި މުޒާހަރާއެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ޖެހިފައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އަދާހަމަކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މިއަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހިލައިފި އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް މިއަދު އަދާހަމަކުރި އިރު ރާއްޖެ ރޭންކް ކޮށްފައި އޮތީ 106 ވަނައިގައި "ޑިފިކަލްޓް" [ނޫސްވެރިކަން ކުރަން އުނދަގޫ] ގައުމެއްގެ ގޮތުގަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ޖެއްސުމުގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބެލި ސަބަބުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނެވެ.

މިދިޔަ އަަހަރު ރާއްޖެ އޮތީ 100 ވަނައިގައި "ޕްރޮބްލޮމެޓިކް" ކެޓަގަރީގަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފަ އެވެ. މިފަހަރުގެ އަދާހަމައިގައި އެކަން ފާހަގަކޮށްފައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަމަށް ގާނޫނީ ގޮތުން އަޅާފައި އޮތް ހުރަހެއް ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ ފާހަގަތަކުން ޕޮއިންޓް ލިބުނު ގޮތް

  • ސިޔާސީ ގޮތުން: ސިޔާސީ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 53.75 މާކްސް ލިބުނު އިރު މިއަހަރު ލިބިފައި އޮތީ 43.48 މާކު އެވެ. އެ ފާހަގައިން ބަލާއިރު މިދިޔަ އަހަރު ރާއްޖެ 97 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 109 ވަނައިގަ އެވެ.
  • އިގުތިސާދީ ގޮތުން: އިގުތިސާދީ ގޮތުން ބަލާ އިރު ރާއްޖެއަށް މިދިޔަ އަހަރަށް ވުރެ ގިނައިން މިއަހަރު މާކްސް ލިބުނެވެ. މިދިޔަ އަހަރު 32.84 މާކުހާ އެކު 161 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 136.04 މާކުހާ އެކު 133 ވަނައިގަ އެވެ.
  • ގާނޫނީ ގޮތުން: ގާނޫނީ ގޮތުން ބަލާއިރު ރާއްޖެ މިދިޔަ އަހަރު އޮތީ 59.91 މާކުހާ އެކު 98 ވަނައިގަ އެވެ. އެހެން ނަމަވެސް މިއަހަރު އޮތީ 54.42 މާކުހާ އެކު 111 ވަނައިގަ އެވެ.
  • އިޖުތިމާއީ ގޮތުން: އިޖުތިމާއީ މިންގަނޑުން މިދިޔަ އަހަރަށް ވުރެ ރާއްޖޭގެ ރޭންކް އޮތީ ދަށްވެފަ އެވެ. އެ މިންގަނޑުން ބަލާއިރު މިދިޔަ އަހަރު 55.68 މާކުހާ އެކު 124 ވަނައިގަ އެވެ. މިއަހަރު 48.10 މާކުހާ އެކު އޮތީ 131ވަނައިގަ އެވެ.
  • ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން: ރާއްޖެ ވަނީ ބޮޑުތަނުން ފަހަތަށް ޖެހިފަ އެވެ. މިދިޔަ އަހަރު 82.48 މާކުހާ އެކު 57 ވަނައިގައި އޮތް އިރު 79.76 މާކުހާ އެކު މިއަހަރު އޮތީ 80 ވަނައިގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭގެ ރޭންކް ދަށްވި އިރު މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހާލަތު އޮތީ މާ ގޯސްކޮށެެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އޮތީ 159 ވަނައިގައި "ހާލަތު ވަރަށް ގޯސް" ގައުމެއްގެ ގޮތުގަ އެވެ. ޕާކިސްތާނު 152 ވަނައިގައި އޮތް އިރު ސްރީލަންކާ އޮތީ 150 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox