ރާއްޖޭގެ ކްރިކެޓް ރައީސް، ފައިސަލް އަށް އައިސީސީގެ އިސް މަގާމުގައި އިތުރު ދައުރެއް

May 1, 2024, 5:20 AM
ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް.--- ފޮޓޯ: އަދަދު

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް.--- ފޮޓޯ: އަދަދު

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް (ނޮން ވޯޓިން) ގައުމުުތައް ތަމްސީލްކުރާނެ މެމްބަރަކަށް، ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް، އިތުރު ދައުރަކަށް އިންތިހާބުވެއްޖެ އެވެ.

އައިސީސީގައި އޭޝިއާ ސަރަހައްދު ތަމްސީލް ކުރުމުގެ ފުރުސަތު ފައިސަލަށް ލިބުނު ފުރަތަމަ ދައުރު ހަމަވެފައިވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށެވެ. އަލުން މަގާމަށް އިންތިހާބުވުމާ އެކު، ފައިސަލް އިތުރު ދެ އަހަރު މި ޒިންމާ އަދާކުރައްވާނެ އެވެ.

ފައިސަލް ކުރައްވަން ޖެހޭނެ މަސައްކަތްތަކަކީ ވޯޓު ނުލެވޭ ގައުމުތަކުގެ ފަރާތުން އައިސީސީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވުމާއި އައިސީސީގެ އެކި މަސައްކަތްތަކާ ބެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމެވެ. މީގެ އިތުރުން، ނޮން ވޯޓިން ގައުމުތަކުގައި ކްރިކެޓް ޑިވެލޮޕްކުރުމުގައި، ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް ކުރަން ޖެހޭ މުހިންމު ކަންތައްތަކުގައި ވެސް ފައިސަލްގެ ބައިވެރިވުން އޮންނާނެ އެވެ.

އޭސީސީ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ވެސް ފައިސަލް ދެ ދައުރު ހުންނެވި އެވެ.

ކްރިކެޓް ބޯޑުގެ ރައީސްކަމަށް ފައިސަލް އިންތިހާބުވީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ރާއްޖޭގެ ކްރިކެޓްގައި ތަފާތު ގިނަ އާ ކަންތައްތަކެއް ކޮށްފައިވާއިރު، ކްރިކެޓް ޑިވެލޮޕްކުރުމަށް 2030 ވަނަ އަހަރާ ހަމައަށް ކާމިޔާބުގެ މަގުޗާޓެއް ހިމެނޭހެން ދުރުރާސްތާ ޕްލޭނެއް ވަނީ ތައްޔާރުކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox