ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ފަސް ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.
އައްޔަނުކުރި މެމްބަރުން
- އިސްހާގު ހުސައިން, ޏ. ފުވައްމުލައް - ރައީސް
- ފާތިމަތު މަހީރާ މުހައްމަދު, ޅ. ހިންނަވަރު - ނައިބު ރައީސް
- ޝަހީމާ ސަލީމް, ހުޅުމާލެ - މެމްބަރު
- އިޝާރާ އަބްދުލްއަޒީޒް - މެމްބަރު
- ސައުސަން އަލީ - މެމްބަރު
މިއީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޑިސެމްބަރު 29, 2008 ގައި އުފައްދާފައިވާ ޓްރައިބިއުނަލެކެވެ.












