ތިމަރަފުށީގައި މުޒާހަރާ ކުރަން ފެށުމުން ރިޔާޒުގެ ޖަގަހަ ހުޅުވީ ވަލު ދޮރާށިން ވަދެ

ތިމަރަފުށީ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވަނީ --

ތިމަރަފުށީ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވަނީ --

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ތިމަރަފުށީ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓު ބާކީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް އެރަށަށް ސަރުކާރުގެ ދެ މިނިސްޓަރުން ދިޔުމުން އެރަށު ޕީއެންސީ މެންބަރުން ރުޅިގަދަވެ، މުޒާހަރާ ކުރަންފެށުމުން ވަލު ދޮރާށިން ވަދެ ޖަގަހަ ހުޅުވައިފި އެވެ.

ތިމަރަފުށީ ދާއިރާގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރި، އިބްރާހިމް ސަނާހު (ސަންޓޯ) އިސްކޮށް ހުރެ އޭނާގެ ސަޕޯޓަރުން އެރަށުގައި މުޒާހަރާ ކުރަންފެށީ ޕީއެންސީގެ ޖަގަހަ އަކީ ރިޔާޒުގެ ޖަގަހައިގެ ގޮތުގައި ހުޅުވައި، އެތަނުގައި ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމުންނެވެ.

އަހުމަދު ރިޔާޒުއަށް ތާއިދު ހޯދުމަށާއި، އޭނާގެ ޖަގަހަ ހުޅުވުމަށް މިއަދު ތިމަރަފުއްޓަށް ވަޑައިގަތީ ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

Advertisement

ނަމަވެސް ތިމަރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަން ފެށުމުން ޖަގަހަ ހުޅުވާފައި ވަނީ ވަލު ދޮރާށިން ވަދެ ކަމަށް ސަނާހު ވިދާޅުވި އެވެ.

"މިތަނުގައި މުޒާހަރާ ކުރާތީ ޖަގަހަ ހުޅުވީ ވަލު ދޮރާށިން ވަދެ، އަސްލު ޖަގަހައަށް ވަންނަން ހުންނަ ދޮރަކުން ނޫން ވަނީ، ޖަގަހަ ހުޅުވުމަށްފަހު ޖަލްސާއެއް ވެސް އެތަނުގައި އެމީހުން ނުބާއްވާ،" ސަނާހު ވިދާޅުވި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަލްސާ ޕީއެންސީ ޖަގަހައިގެ ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކޮށް ސަރުކާރުގެ ދެ މިނިސްޓަރުންނާއެކު ރިޔާޒުގެ ޖަގަހަ ހުޅުވަން ދިޔަ މީހުން ވަނީ އެ ރަށުގައި ހުންނަ އަހުމަދު ރިޔާޒުގެ އަމިއްލަ އިމާރާތަކަށް ގޮސް އެތަނުގައި ކުޑަ ޖަލްސާއެއް ބާއްވައިފަ އެވެ.

ޖެނުއަރީ މަހު އޮތް ޕީއެންސީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރި ސަނާހު އަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒުއަށް ހޯދައި ދިނުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރި އެކެކެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ސަނާހު އަކީ ރައީސް މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓު ވެސްމެ އެވެ.

އޭނާ ބާކީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ އަހުމަދު ރިޔާޒަަކީ އެދާއިރާގެ މިހާރުގެ މެންބަރު، އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރާ ރިޔާޒުއަކީ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓެއް ވެސް ނޫނެވެ. ނަމަވެސް އޭނާ ކެމްޕޭނު ކުރަމުން ގެންދަނީ ސަރުކާރު ކެންޑިޑޭޓުގެ ނަމުގައި ޕީޕީއެމް ޕީއެންސީގެ ކުލަތަކާ ވެސް އެކު އެވެ.

ސަރުކާރުގެ ދެ ކެންޑިޑޭޓަކު ގޮސް އަހުމަދު ރިޔާޒުގެ ޖަގަހައިގެ ގޮތުގައި ހުޅުވި ޖަގަހަ އަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ތާއީދު ހޯދުމަށް ތިމަރަފުށީގައި ހުޅުވި ޖަގަހަ އެކެވެ. އެ ޖަގަހައިގެ އެތެރޭގައާއި ބޭރުގައި ވެސް މިހާރު ވަނީ އަހުމަދު ރިޔާޒުގެ ފޮޓޯ ޖަހައިފަ އެވެ.

ތިމަރަފުށްޓަކީ ޕާޓީގެ ޕްރައިމަރީ ކާމިޔާބުރި ކެންޑިޑޭޓަކު ހުއްޓައި އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރަން ރައީސް މުއިއްޒު ނިންމެވި ފުރަތަމަ ދާއިރާއެއް ނޫނެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް ތާއީދު ކުރައްވާއިރު، ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox