ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އަޅައިފި

ޕީއެންއެފްގެ ޖަލްސާ ބާއްވަން ފުލުހުން ހުރަސް އެޅުމުން އެޕާޓީގެ ސަޕޯޓަރުން ޣިޔާސުއްދީން ސްކޫލްގެ ބޭރުގައި އަޑުއުފުލަނީ. ފޮޓޯ:އިޔާދު އަބްދުލް ވައްހާބް/އަދަދު

ޕީއެންއެފްގެ ޖަލްސާ ބާއްވަން ފުލުހުން ހުރަސް އެޅުމުން އެޕާޓީގެ ސަޕޯޓަރުން ޣިޔާސުއްދީން ސްކޫލްގެ ބޭރުގައި އަޑުއުފުލަނީ. ފޮޓޯ:އިޔާދު އަބްދުލް ވައްހާބް/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ހުރަސް އަޅައި ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށްފި އެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފްގެ ޖަލްސާއަށް, އެ ޕާޓީގެ އިސްވެރިންނާއި މެންބަރުން ދިޔައިރު, ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް ބައިވެރިން އެތެރެއަށް ދިއުމަށް ހުރަސް އަޅައިފަ އެވެ.

ޖަލްސާއަށް ހުރަސްއެޅުމުން އެ ސަރަހައްދަށް އެއްވި ތިބި އެ ޕާޓީގެ ސަޕޯޓަރުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

Advertisement

އެ ސަރަހައްދުގައި މިވަގުތު ހުރި "އަދަދު"ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނި ގޮތުގައި ޣިޔާސުއްދީން ސްކޫލްގެ ގޭޓް ފުލުހުން ބަންދުކޮށްފައި ވަނިކޮށް ޕީއެންއެފްގެ ބައެއް ސަޕޯޓަރުން، އެ ސްކޫލުގެ ތެރެއަށް ވަނީ ވަދެފަ އެވެ. އެމީހުން ހުއްޓުވުމަށް ޓަކައި ފުލުުހުން ބާރުގެ ބޭނުންކުރި މަންޒަރު ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ޣިޔާސުއްދީން ސްކޫލުގެ ހޯލު ވަނީ ތައްޔާރުކޮށްފަ އެވެ. އެ ސްކޫލަކީ ރާއްޖޭގައި ހިންގަމުންދާ ޕްރައިވެޓް ސްކޫލެކެވެ.

ފުލުހުން ބުނީ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރަން ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެެވެ.

ޖަލްސާއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ސްކޫލުގެ ގޭޓުތައް ބަންދުކުރިއިރު, މިރޭ އިރާކޮޅުވެސް އެ ޖަލްސާ އެތަނުގައި ބޭވުމަށް ހުރަސް އަޅަން ސަރުކާރުން އުޅޭ ކަމުގެ ތުހުމަތު އެޕާޓީގެ މުއައްސިސު ޒެއިން އަބްދުﷲ ޔާމީނުން ތުހުމަތުކުރެއްވި އެވެ.

ޒެއިން ވިދާޅުވީ ޣިޔާސުއްދީން އިންޓނޭޝަނަލް ސްކޫލްގެ މާލަމް ދޫކުރަން އެއްބަސްވުމަށް ފަހު އެކަން ބަދަލުކުރަން އެ ސްކޫލުން ފޮނުވި ކަމަށް ބުނާ ލިއުމެއް ހިފައިގެން ފުލުހުން އައި ކަމަށެވެ. ޣިޔާސުއްދީނަށް ގޮސް ޕީއެންއެފްގެ އިސް ބޭފުޅުންނާ މުއާމަލާތްކުރި ފުލުހުން ހަވާލާދިނީ ޒެއިން ވިދާޅުވި ގޮތުގައި މިއަދުގެ ވަރަށް ފަހުގެ ވަގުތެއްގައި ޣިޔާސުއްދީންގެ މެނޭޖްމަންޓް ފޮނުވި އީމެއިލް އަކަށެވެ.

"ސްކޫލުން ފޮނުވާފައި އޮތް އީމެއިލް އެއްގައި މި އޮންނަނީ ހަފުލާ [ޖަލްސާ] އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތޭ. އެހެންވީމާ ތިޔަ ބޭފުޅުން އަޅުގަނޑުުމެންނަށް ޕޭކުރައްވާފައި އޮތް އެޑްވާންސެއް ނުވަތަ ފީއެއް އަޅުގަނޑުމެން ރިފަންޑްކޮށްދޭނަމޭ، އެކައުންޓް ނަމްބަރެއް ދެއްވާށޭ،" ޒެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޣިޔާސުއްދީންގެ އެ އީމެއިލްއާ ގުޅޭ ގޮތުން ފުލުހުން އެތަނަށް ދިޔަ، ގާނޫނީ ހައިސިއްޔަތެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެ ޖަލްސާއަށް އެޅޭނެ އެއްވެސް ހުރަހެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެކަމަކު ކަންތައްތަކެއް ދަތިކުރުމުގެ ގޮތުން، ނޫނިއްޔާ އަޅުގަނޑުމެންނަށް ނުތަނަވަސްކަމެއް [ގެނުވަން] ނޫނިއްޔާ ޖަލްސާއަށް [ހުރަސް އަޅަން]، އެކަހަލަ ކަންތައްތަކެއް ކަންނޭނގެ ކުރިއަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޒެއިން ވިދާޅުވި ގޮތުގައި ޣިޔާސުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމަށް، އެފަދަ ޖަލްސާއަަކަށް ބޭނުންވާ ކަރަންޓް ވަކިން ބޭނުންންވާތީ ސްޓެލްކޯގައި އެދުމުން އެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިނުދީފަ އެވެ. އެހެންވެ، ޕީއެންއެފުން ވަނީ ވަކި ޖަނަރޭޓަރެއް އެ ސްކޫލަށް ގެންގޮސްފަ އެވެ.

އޭނާ ސިފަކެރެއްވި ގޮތުގައި އެހުރިހާ ކަމަކީ ޕީއެންއެފް އުފައްދައިގެން ސިޔާސީ ގޮތުން ވަކިން ހަރަކާތްތެރިވާތީ ސަރުކާރުގެ ތެރޭގައި ތިބި ބަޔަކަށް އެކަން "ހަޖަމް ނުވެގެން" ކުރާ ކަންތައްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox