ދުނިޔޭގައި ހުރި އުމުރުން އެންމެ ދޮށީ މީހާ، ހުއާން ވިންސެންޓް ޕެރޭޒް މޯރާ، 114 މަރުވެއްޖެ އެވެ.
ވެނެޒުއޭލާއަށް ނިސްބަތްވާ ޕެރޭޒް އެންމެ ދުވަސްވީ މީހާ ގިނީސް ވޯލްޑް ރެކޯޑު ހޯދީ ފެބްރުއަރީ 4، 2022 ގަ އެވެ.
ރެކޯޑު ލިބުނުއިރު ޕެރޭޒްގެ އުމުރުން 112 އަހަރާއި 253 ދުވަސް ވަނީ ފުރިފަ އެވެ.
ވެނެޒުއޭލާގެ އެލް ކޮބްރޭއަށް ނިސްބަތްވާ ޕެރޭޒް ދިރިއުޅުނު ޓަޗީރާގެ ގަވަރުނަރު ވިދާޅުވީ، ޕެރޭޒް މަރުވި ހަބަރު ލިބުމުން ހިތާމަ ކުރާ ކަމަށާއި، އޭނާއަކީ ވަރަށް މަޑުމައިތިރި އަދި މަސައްކަތްތެރި މީހެއް ކަމަށެވެ.
ޕެރޭޒްގެ މަރާ ގުޅިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
މެއި 27, 1909 ގައި އުފަންވީ ޕެރޭޒްގެ 11 ދަރިންނާއި 42 ކާފަ ދަރިންނާއި، 18 މުނިކާފަ ދަރިންގެ އިތުރުން 12 މުނިމުނި ކާފަ ދަރިން އެބަ ތިއްބެވެ.
ޕެރޭޒްގެ އަންހެނުން ރޮޒާރިއޯ ގާސިއާއާ 60 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުނުއިރު، އޭނާ ވަނީ 1997 ގައި މަރުވެފަ އެވެ.








