ސެނެގާލްގެ ތާރީހުގައި އިންތިހާބުކުރި އެންމެ ޒުވާން ރައީސް ބަސީރޫ ޑިއެމަޔޭ ފޭ، 44 މަގާމުގެ ހުވާ އިއްޔެ ކުރައްވައިފި އެވެ.
ސެނެގާލްގައި މާޗު، 24 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ އެއްބުރުން ޑިއެމަޔޭ ފޭ ކާމިޔާބު ކުރީ 54 ޕަސަންޓުގެ ވޯޓުންނެވެ.
ސެނެގާލްގެ އިންތިހާބު ބޭއްވުމުގެ ދެ ހަފުތާ ކުރިން ފޭ ޖަލުން މިނިވަންވިއިރު، އޭނާ އިންތިހާބަށް ނިކުތީ އެންމެ މަގުބޫލު ކެންޑިޑޭޓުގެ ގޮތުގަ އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ފޭ ވިދާޅުވީ ގައުމުގައި އޮތް ކޮރަޕްޝަން ނައްތާލުމަށް ވީ ވައުދާ އެއް ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށާއި ގައުމަށް ހަމަޖެހުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މުސްލިމު އާއިލާއަކަށް ނިސްބަތްވާ ފޭގެ ދެ އަނބިކަނބަލުން ތިއްބަވާއިރު، މަގާމާ ހަވާލު ވުމުގެ ރަސްމިއްޔާތުގައި ދެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.








