ޔުނައިޓެޑުން އޮނީލް އަށް ޝައުގުވެރިވާ ވާހަކައަކީ ދޮގެއް

Mar 30, 2024, 12:06 PM
ޔުނައިޓެޑުން އޮނީލް އަށް ޝައުގުވެރިވާ ވާހަކައަކީ ދޮގެއް

ލަންޑަން (މާޗު 30) - ވުލްވްސްގެ ކޯޗު ގެރީ އޯނީލް ގެންދަން މެންޗެސްޓާ ޔުނައިޓެޑް އިން ޝައުގުވެރިވާ ކަމަށް ބުނެ މީޑިއާގައި ފެތުރުނު ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޮނީލް ބުނެފި އެވެ.

އީއެސްޕީއެންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުނައިޓެޑްގެ ކޯޗިން ސްޓާފުންނަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކާ ގުޅިގެން، ޔުނައިޓެޑުން އޭނައާ ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ.

ވުލްވްސްގެ ކޯޗުކަމާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަވާލުވި އޮނީލްގެ އިރުޝާދުގެ ދަށުން އެ ޓީމު މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ނުވަ ވަނައިގައެވެ،

Advertisement

އެކަމަކު، މީޑިއާއާ ވާހަކަ ދައްކަމުން އޮނީލް ބުނީ ޔުނައިޓެޑުން އޭނާއާ ޝައުގުވެރިވާކަން އެނގުނީ މީޑިއާގައި އެ ވާހަކަ ޖެހިކަން ވުލްވްސްގެ މީޑިއާ ޓީމުން އޭނައާ ހިއްސާކުރުމުން ކަމަށެވެ. އަދި ޔުނައިޓެޑް އިން ޝައުގުވެރިވާ ކަމެއް އޭނާ އަށް ނޭނގޭ ކަމަށާޢި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އަހަންނަކީ ވުލްވްސްގެ ކޯޗު. މި ކްލަބުގައި އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" އޮނީލް ބުންޏެވެ.

"ޔުނައިޓެޑްގެ ވާހަކަ އަހަންނަށް އެނގުނީ މި ޕްރެސްގެ ކުރިން (ވުލްވްސްގެ) މީޑިއާ ޓީމުން އެ ރިޕޯޓްތަކުގެ ވާހަކަ ހިއްސާކުރުމުން."

އޮނީލް ބުނީ ޔުނައިޓެޑް އިން ޝައުގުވެރިވާ ކަމަށް ދެކެވުނު ވާހަކަތަކުގައި ހަގީގަތެއް ނެތަސް، އެ ފެންވަރުގެ ކްލަބަކުން ޝައުގުވެރިވާ ކަމަށް އަޑުފެތުރުމަކީވެސް "ފަހުރެއް" ކަމަށެވެ.

"އަހަރެން ކުޑައިރުވެސް، ލިވަޕޫލާއި ޔުނައިޓެޑަކީ ހާއްސަ ކްލަބުތައް. ހަގީގަތަކަށް ނުވިޔަސް، މި ފެންވަރުގެ ކްލަބަކުން ޝައުގުވެރިވާ ކަމަށް އަޑު ފެތުރުމަކީ ފަހުރެއް،" އޮނީލް ބުންޏެވެ.

އޮނީލް ވުލްވްސްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަން ފެށެން ދެ ދުވަހަށްވެފައި ވަނިކޮށެވެ. ސްކޮޑު ވަރުގަދަ ކުރަން ބަޖެޓް ނުލިބުނު ނަމަވެސް، މި ސީޒަންގައި ވުލްވްސް އޮތީ ތާވަލްގެ ރަނގަޅު ހިސާބެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox