ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމަތަނަކު ހުރެގެންވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.
"ޕޯޓަލް މެދުވެރިކޮށް ބީއެމްއެލް ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކުރައްވައިގެން ފައިސާ ދެއްކޭނެ" ބީއެމްއެލް އިން ބުނެ އެވެ.
ރޯދަ މަހުގެ 27 ވަނަ ދުވަހު (އެޕްރިލް 6،) ގެ ރޭގަނޑު 12:00 ޖެހުމާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 70 ރުފިޔާ
- ރަތް ހަނޑޫ: 80 ރުފިޔާ
- އާދައިގެ ބާސްމަތީ ހަނޑޫ: 70 ރުފިޔާ
- މޮޅު ބާސްމަތީ ހަނޑޫ: 100 ރުފިޔާ
- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ










