ފެކްޓު ޗެކް: މިނިސްޓަރު ހަލީލުގެ ވާހަކަ ގޯސް، ކުވެއިތު ފަންޑުގެ އުސޫލާ ރާއްޖޭން ހިލާފެއް ނުވޭ

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހަމަޖައްސައިދިން ފައިސާ ރާއްޖެއަށް ނުދީ ހުއްޓައިލާފައިވާ ކަމަށާއި އެ ފައިސާ ނުދީ ހުއްޓާއިލީ ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓު އުސޫލާ ހިލާފަށް ވަކި ގޮތަކަށް، އެ ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު އަބްދުﷲ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއަށް ދެއްވި ޖަވާބުގައި ހަލީލް ވިދާޅުވީ އެ ރަށްރަށުގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ އެ މަސައްކަތަކީ ކުވެއިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް މަސައްކަތްތަކަކަށްވެފައި ކުވެއިތު ފަންޑުން ދޭން ހަމަޖެހުނު ފައިސާ އެކި ސަބަބުތަކާ ހުރެ މިހާރު ހުއްޓާލާފައި ނުވަތަ ހުއްޓިފައި ވާތީ ކަމަށެވެ.

އެ ޖަވާބަށް ހަވާލާދީ ތ. ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ވަނީ ކުވެއިތު ފަންޑުން ފޮނުވި ފައިސާ އަނބުރާ ގެންދެވުނު ސަބަބަކީ ކޮބައިތޯ ހަލީލްއާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ހަލީލް ވިދާޅުވީ އިންޓަނޭޝަނަލް ފަންޑިން އޭޖެންސީތަކަކީ ވަކި އުސޫލެއްގެ ތެރެއިން ޕްރޮކިއުމެންޓު ހަދާ ކުންފުނިތައް ކަމަށާއި ކުވެއިތު ފަންޑުން ހަމަޖެއްސި ފައިސާ އަނބުރާ ގެންދިޔައީ އެ ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށެެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން، ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށްގެންދަން ބޭނުންވީމަޔާ އެއްކޮށް ވަނީ ކުވައިތު ފަންޑުން އެކަން ހުއްޓާލައިފަ، އެހެންވީމާ، ކުވައިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށްދިޔަ ކަމެއް ކަމަށް ވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ހަލީލް އެ ދުވަހު ވިދާޅުވި އެވެ.

ކުވެއިތު ފަންޑުން އޮތީ "ނޯ އޮބްޖެކްޝަން" ލިޔުން ރާއްޖެއަށް ދީފައި

ނަމަވެސް ބިޑުތައް އެވޯޑު ކުރި މަރުހަލާ ނިންމައި އެކަމުގެ މައުލޫމާތު ކުވެއިތު ފަންޑަށް ހެލްތު މިނިސްޓަރީން ހިއްސާ ކުރުމުން އެ މަރުހަލާ ކުރިއަށްދިޔަ ގޮތް ބަލައި، ރާއްޖެއަށް ދިން "ނޯ އޮބްޖެކްޝަން" ލިޔުން ވަނީ "އަދަދު" އަށް ލިބިފަ އެވެ.

އޭޕްރިލް 16، 2023 ގައި ކުވެއިތު ފަންޑުން ރާއްޖެއަށް ފޮނުވި ރެފަރެންސް ނަންބަރު KF/9G11-48 ގައި އެ ފަންޑުން ވަނީ އޭޕްރިލް 11، 2023 ގައި ރާއްޖެއިން ފޮނުވި ހަތް ހޮސްޕިޓަލް އެޅުމަށް ބިޑު ކުރި ކުންފުނިތަކުގެ އިވެލުއޭޝަން ހެދުމަށްފަހު ނެޝަނަލް ޓެންޑާ ބޯޑުގެ ރިކޮމެންޑޭޝަންތަކާއެކު ފޮނުވި ލިޔުމަށް ޖަވާބު ދީފަ އެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ މާޗު 12، 2023 ގައި ރާއްޖެއިން އެކުލަވާލާފައި އޮތް ޓެންޑާ އިވެލުއޭޝަން ރިޕޯޓު ކުވެއިތު ފަންޑުން ރިވިއުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ނެޝަނަލް ޓެންޑާ ބޯޑުގެ ރިކޮމެންޑޭޝަނާއެކު ކުރިއަށް ދިޔުމަށް "ނޯ އޮބްޖެކްޝަން" ލިޔުން ދޭ ކަމަށެވެ.

އެ ލިޔުމުގައި ވަނީ:

  • އދ. މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރިވެޓު ލިމިޓެޑަށް -- 101،327،176.03ރ.
  • ނ. ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށް -- 95،627،718.16ރ.
  • ތ. ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރިވެޓު ލިމިޓެޑަށް -- 109،377،431.15ރ.
  • ހދ. ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރިވެޓު ލިމިޓެޑަށް -- 90،512،216.05ރ.
  • ށ. މިލަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އާނަންދު ބިލްޑްޓެކް ޕްރައިވެޓަށް -- 95،627،718.15ރ.
  • ކ. ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އާނަންދު ބިލްޑްޓެކް ޕްރައިވެޓަށް -- 91،767،709.06ރ.
  • ވ. ފެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރިވެޓު ލިމިޓެޑަށް -- 102،049،555.63ރ.

ކުވެއިތު ފަންޑުން ދޭން ހަމަޖެއްސި ފައިސާ އަނބުރާ ގެންގޮސްފައެއް ނުވޭ

ކުވެއިތު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓަރު، ހަލީލްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހދ. ހަނިމާދޫގައި ހުންނަވައި މިދިޔަ ފެބްރުއަރީ 26، ގައި ވިދާޅުވެފަ އެވެ.

ނަމަވެސް ކުވައިތު ފަންޑު އަނބުރާ ގެންދިޔަ ސަބަބެއްގެ ގޮތުގައި ރައީސް އެ ދުވަހު ވިދާޅުވީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް މިދިޔަ ސަރުކާރުން ދިގު ދަންމަމުން ގެންދިޔުމެވެ.

ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ދޭން ނިންމި އެހީ އަނބުރާ ގެންގޮސްފައި ނުވާކަން އޭރުގެ ފިނޭންސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭގެއިތުރުން މަޖިލިސް މެންބަރުން ސުވާލުތަކަށް ޖަވާބުދެއްވަމުން މިދިޔަ ހޯމަ ދުވަހު ހަލީލް ވަނީ ކުވެއިތު ފަންޑުން ޕްރޮޖެކްޓު ފައިސާ އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވުމަށްފަހު އަނެއްކާ ވެސް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ އޮފިޝަލް ވިދާޅުވީ ކުވެއިތު ފަންޑުގެ ފައިސާ ރާއްޖެއަށް ލިބުމުގައި ލަސްކަމެއް ހުރީ އެ ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އަވަސްއަވަހަށް ވެރިކަން ބަދަލުވުމުގެ ސަބަބުން ކަމަށެވެ.

ކުވެއިތުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި އޮއިވަރުގެ ސަބަބުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުވޭތުގެ ވެރިކަން އަށް ފަހަރު ބަދަލުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox