އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

Mar 21, 2024, 7:57 PM
އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

މާދަމާރޭ ބާއްވަން މަސައްކަތް ކުރަމުން އައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބު ކުރިއަށް ގެންދަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އިންތިހާބު ފަސްކޮށްފި އެވެ.

ދެ ފަހަރެއްގެ މަތިން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، އެންގުމުން ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން ދިޔައީ ކުރިއަށެވެ. ތޮލާލް، އެ ގޮތަށް އެންގެވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކޮށްގެން އިންތިހާބެއް ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ އެވެ.

އޭގެ ފަހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެ، ރެއިޑްކުރި އެވެ. އެއީ، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއްގަ އެވެ. އޭގެ ފަހުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ މި ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީވެ، ވަކި އެއްޗެއް އަންގަންދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

"22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާޙައުލެއް އޮތްކަމަށް މި އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ވާހަކަ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.،" މިރޭ، ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކުރި އިއުލާނުގައިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ނިންމާފައި އޮތީ، އައްޑޫ އިކުއޭޓްރަލް ވިލެޖުގައި މާދަމާރޭ 21:30 ގަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ މޫސާ ނާޝިދު (މޫސަ) އަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެ އެވެ. އޭނާ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅީ ނައިބު ރައީސްގެ މަގާމަށެވެ.

ރައީސްގެ މަގާމަށް ވާދަކުރަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޝްފާން މުހައްމަދު (އިއްޕަ) އާއި ނުވަ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު އަޖުފާން (އަޖު) އެވެ. ރައީސް ކަމަށް ކުރިމަތިލުމަށް ފަހު، އަޖުފާން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހާމަކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެހެންކަމުން، މި މަހުގެ 11 އަށް މިހާރު އޮތް ބޯޑުގެ ދައުރު ވަނީ ހަމަވެފަ އެވެ.

ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާތީވެ، މީގެ އަމަލުކުރަންވީ ގޮތެއްގެ ލަފާ ހޯދަން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ބައިނަލްއަގުވާމީ ފެޑެރޭޝަނާ މަޝްވަރާ ކުރުމުގެ ކަންކަން ކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބައްދަލުވުމުގައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox