ބެޑްމިންޓަން އިންތިހާބުގައި ވާދަކުރަން އިއްޕަ އާއި ޝިހާމް ތައްޔާރު

Mar 17, 2024, 10:28 AM
ބެޑްމިންޓަން އިންތިހާބުގައި ވާދަކުރަން އިއްޕަ އާއި ޝިހާމް ތައްޔާރު

މި މަހު 22 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ވާދަކުރަން، އިޝްފާން މުހައްމަދު (އިއްޕަ) އާއި އަހުމަދު ޝިހާމް (ޕުޗު) ކެންޑިޑެސީ ފޯމު ހުށަހަޅައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގައި (އަސާސީ ގަވާއިދުގައި) ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މޫސާ ނާޝިދު (މޫސަ) އަށް ކޮޕަރްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުކޮށްފަ އެވެ. މި ހުރި މައްސަލަތައް ރަނގަޅުނުކޮށް ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ އިންތިހާބުގެ މަސައްކަތް ކުރަމުންނެވެ.

ބެޑްމިންޓަނުގެ ރައީސްގެ މަގާމަށް އިތުރު ދައުރަކަށް، މޫސަ ކުރިމަތިލައްވާނެކަން މީޑިއާގައި ހާމަކުރައްވާފައި ނުވެ އެވެ. އެކަމަކު، މޫސަގެ ލީޑަޝިޕުގައި ހުރި މައްސަލަތައް ފާހަގަކޮށް، ބެޑްމިންޓަން އެސޯސިއޭޝަން ރިފޯމްކުރަން ޖެހޭ ކަމަށް ވަކާލާތު ކުރާ ޓީމަކުން ވަނީ ކެންޑިޑެސީ ހުށަހަޅައިފަ އެވެ.

އެ ޓީމުގެ ފަރާތުން، ކުރިއަށް އޮތް ބެޑްމިންޓަނުގެ އިންތިހާބުގައި ރައީސަކަށް ކުރިމަތިލާފައިވަނީ، އިޝްފާން އެވެ. އޭނާ އަކީ ހިނގަމުން މިދާ ދައުރުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ފަރާތެވެ. އިޝްފާން ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާދިފަ އެވެ.

އިޝްފާންގެ ނައިބަކަށް ހުންނާނީ ކުޅަދާނަ އަމްޕަޔަރު ޝިހާމް އެވެ. ޝިހާމް އަކީ އޮލިމްޕިކްސް ގޭމްސް ހިމެނޭހެން ދުނިޔޭގެ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބިފައިވާ އަމްޕަޔަރެކެވެ. އެކަމަކު، ފަހަކަށް އައިސް ބެޑްމިންޓަން ރައީސް މޫސައާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ މައްސަލައިގައި ޝިހާމް އަށް ބައިނަލްއަގުވާމީ ފުރުސަތުތައް ލިބިފައިނުވެ އެެވެ.

މި ޓީމުގައި ދެން ހިމެނެނީ، ކްލަބް މެމްބަރެއްގެ ގޮތުގައި އިބްރާހިމް ޒިޔާއު، އޮފިޝަލް މެމްބަރެއްގެ ގޮތުގައި މިންނަ ރަޝީދު، އިންޑިވިޖުއަލް މެމްބަރެއްގެ ގޮތުގައި އަހުމަދު ރިޔާޒު، ހަޒާންދާރަކަށް ޝިފާއު އަބްދުﷲ އަދި އަންހެން މެމްބަރަަކަށް އައިޝަތު ޔުމްނާ އެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ބާއްވަން ނިންމާފައި އޮތް، ބީއޭއެމްގެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބުގެ ވޯޓު ލެވޭ މީހުންގެ ލިސްޓާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ކަމެއް ލިޔުމުން 18 މާރިޗު 2024 ވާ ހޯމަ ދުވަހު (މާދަމާ)ގެ 12:00 ގެ ކުރިން މި އެސޯސިއޭޝަނަށް ގޮސް ހުށަހެޅުމެއް، އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox