ނައިޖީރިއާގެ ޑެލްޓާގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން އުޅުނު ސިފައިންގެ 16 މީހަކު މަރާލައިފި އެވެ.
ނައިޖީރިއާގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ދެ އަވަށެއްގެ ދެމެދުގައި ހިނގި އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ހިންގި އޮޕަރޭޝަނުގައި މަރުވި ސިފައިންގެ ތެރޭގައި ކޮމާންޑިން އޮފިސަރަކާއި، ދެ ކެޕްޓަނުންގެ އިތުރުން 12 ސިފައިން ހިމެނެ އެވެ.
މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ.
ޑެލްޓާގައި ދޭތެރެއަކުން އަވަށްތަކުގެ މެދުގައި ހަމަނުޖެހުން ހިންގާއިރު، މި އަހަރުގެ ކުރީކޮޅު ހިނގި ހަމަނުޖެހުމެއްގައި 30 މީހަކު މަރުވި އެވެ.








