އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ އޮޕަރޭޝަންތައް ފަށަނީ

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން : އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ އޮޕަރޭޝަންތައް މިއަދު ފަށަނީ - ފޮޓޯ: އޭވިއޭޓާޒް މޯލްޑިވްސް

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން : އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ އޮޕަރޭޝަންތައް މިއަދު ފަށަނީ - ފޮޓޯ: އޭވިއޭޓާޒް މޯލްޑިވްސް

ކުއްލި ހާލަތުގައި ބަލި މީހުން އުފުލަން އެތެރޭގެ އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރަން އެކަމަށްޓަކައި ހާއްސަކޮށް ސީޕްލޭނެއް ތައްޔާރުކޮށް މާދަމާ ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ސީޕްލޭންގެ އޮޕަރޭޝަންތައް މާދަމާ ފަށާނެ ކަމަށް މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު "އަދަދު" އާ ވާހަކަ ދައްކަމުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އުޅަނދު އިފްތިތާހު ކުރުމަށް ކުޑަ އިވެންޓެއް އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާ އަދި ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ސީޕްލޭނެއްގެ ބޭރު، އެއާ އެމްބިއުލާންސްގެ ޑިޒައިނަށް ބަދަލުކޮށްފައިވާ ތަނެވެ.

މި އެއާ އެމްބިއުލާންސްގެ ބޭރުގެ ޑިޒައިންވެސް ހުރީ މި މަހު ފުރަތަމަ ދުވަހު ބޭނުންކުރަން ފެށި ޑޭޝް-8 ގެ ބޯޓާ އެއްގޮތަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ފެބްރުއަރީ 28، ގަ އެވެ.

ނ. މަނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާނީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓަކާއި، ސީޕްލޭނެއް ކަމަށެވެ.

"ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި [އެކަނި]. ސީޕްލޭންގެ އެޑުވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެތީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސީޕްލޭން އަދި ޑޭޝް-8 މަރުކާގެ ބޯޓު ވެސް ބޭނުންކުރަން ފަށާނީ އެއާ އެމްބިއުލާންސެއް ގޮތަށް އެތެރެ ބަދަލުކޮށްގެން ކަމަށެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ޑޭޝް-8 ގެ އެތެރެ ބަދަލުކުރި ގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން ސީޓުތައް ތިރިކޮށް ސްޓްރެޗާ ހަރުކޮށްފައި ހުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

ފާޑުކިޔުން އިތުރުވީ ޑޭޝް-8 ކަމަށް ބުނެ ފޭކް ފޮޓޯއެއް ސަރުކާރުގެ އޮފިޝަލުން ސޯޝަލް މީޑިއާގައި ދައުރުކުރުމާ ގުޅިގެންނެވެ.

ސަރުކާރުން ޑޭޝް-8 އަދި ސީޕްލޭނުގެވެސް އެތެރޭގެ އެއްވެސް ފޮޓޯއެއް ސަރުކާރުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭންގައި ކުރިއަށް އޮތްތަނުގައި އޮންނަ ޑިމާންޑަށް ބަލައި ސްޓްރެޗަރު އިތުރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ފެބްރުއަރީ 29، ގައި ވިދާޅުވި އެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ އެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.

އެއާ އެމްބިއުލާންސް އުދުހުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާއިން ހާއްސަ ހުއްދައެއް ހޯދާފަ އެވެ. ހިދުމަތަށް އެދި ހުށަހަޅާތާ ދެ ގަޑިއިރު ތެރޭގައި އެއާ އެމްބިއުލާންސް އުދުހުމުގެ ހުއްދަ ލަންކާއިން ރާއްޖެއަށް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލަންކާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މިވަފަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް އޮޕަރޭޓު ކުރާނީ ދައުލަތުގެ ހަރަދުގަ އެވެ. އެމްބިއުލާންސްތައް އޮޕަރޭޓު ކުރުމަށް ވަކި އަގުތަކެއް ކަނޑައަޅައި، އައިލެންޑު އޭވިއޭޝަނާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ހަލީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox