ފަހަތުން އަރައި ބޯންމައުތަށް އާދަޔާހިލާފު މޮޅެއް

Mar 14, 2024, 7:18 AM
ފަހަތުން އަރައި ބޯންމައުތަށް އާދަޔާހިލާފު މޮޅެއް

ބޯންމައުތު (މާޗު 14) - ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުރިއަށް ދިޔަ ވަގުތު، އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާއި ލޫޓަން ޓައުންގެ ކުރިމަތިލުމެއް ވެސް ކުރިއަށްދިޔަ އެވެ. އެކަމަކު، ރޭ ބޮޑު ސަމާލުކަމެއް އޮތީ ޗެމްޕިއަންސް ލީގަށެެވެ. ޕްރިމިއާ ލީގުގެ މެޗަށް މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ.

ރޭ ބޯންމައުތާއި ލޫޓަން ބައްދަލުކުރި މެޗު ވެގެންދިޔައީ، އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެންމެ އާދަޔާހިލާފު އެއް މެޗަށެވެ.

ބޯންމައުތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ލޫޓަން އިން ނިންމާލީ 3-0 ގެ އިން ކުރި ހޯދައިގެނެވެ. އެކަމަކު، އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބޯންމައުތުން ވަނީ ހަތަރު ލަނޑު ޖަހައި، 4-3 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓާހިތު ޗޮންގާއި ޗެއިޑޯޒީ އޮގްބެނޭ އަދި ރޮަސް ބާކްލީ ޖެހި ލަނޑުތަކާ އެކު، ލޫޓާން ފުރަތަމަ ހާފު ނިންމާލީ ބޮޑު ލީޑަކާ އެކު އެވެ.

އެކަމަކު، ދެ ވަނަ ހާފުގެ ފަސް ވަނަ މިނިޓުގައި ބޯންމައުތުގެ ޑޮމިނިކް ސޮލަންކޭ ލަނޑު ޖެހުމާ އެކު، މެޗުގެ އޮއިވަރު ބޯންމަތުގެ ކޮޅަށް އެނބުރުނެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ބޯންމައުތުގެ ދެ ވަނަ ލަނޑު ޖެހީ އިލިއާ ޒަބަރްނީ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ބޯންމައުތުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެންޓޮއީން ސެމެންޔޯ ޖެހި ލަނޑުންނެވެ.

މެޗުގެ 83 ވަނަ މިނިޓުގައި ބޯންމައުތުގެ ހަތަރު ވަނަ ލަނޑު ވެސް ޖެހީ ސެމެންޔޯ އެވެ.

މި މެޗުން ބޯންމައުތަށް ލިބުނީ މުހިންމު މޮޅެކެވެ. ލީގު ތާވަލްގެ 14 ވަނައިގައި އޮތް ބޯންމައުތު މިހާރު ވަނީ ރެލިގޭޝަން ޒޯނުން 14 ޕޮއިންޓް ފެޔަށް ޖެހިލައިފަ އެވެ. ލީގުގައި ބާކީ ދެން އޮތީ 10 މެޗެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ ބުނީ އެ ޓީމު ކޮޅަށް މެޗު އެނބުރުމުގެ އެންމެ ބޮޑު ސަބަބަކީ ދެ ވަނަ ހާފުގެ ކުރީކޮޅު ސޮލަންކޭ ޖެހި ލަނޑު ކަމަށެވެ.

"ސޮލަންކޭ ޖެހި ގޯލާހެދި މުޅި މެޗު ބަދަލުވީ. އެ ލަނޑާއެކު ކުޅުންތެރިންގެ އިތުބާރު ބޮޑުވި. އެ ހިސާބުން ޕްރެޝަރު ބޮޑުކޮށް، ނަތީޖާ ބަދަލުކޮށްލީ،" އިރައޯލާ ބުންޏެވެ.

ރެ،ލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ލޫޓަން އޮތީ ތާވަލްގެ 18 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox