ރައީސަށް ވެސް ސަރުކާރު ކެންޑިޑޭޓުން ވަކިވާހެން ހިއެއްނުވޭ: އެމްޑީޕީ

ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް : އެމްޑީޕީއިން ބުނަނީ ރައީސަށްވެސް ސަރުކާރު ކެންޑިޑޭޓުން ވަކި ނުވާ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް : އެމްޑީޕީއިން ބުނަނީ ރައީސަށްވެސް ސަރުކާރު ކެންޑިޑޭޓުން ވަކި ނުވާ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 'ސަރުކާރުގެ' ކެންޑިޑޭޓުންނަކީ ކޮބައިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަކިވެވަޑައިގަންނަވާހެން ހީނުވާ ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ އަދާހަމަ ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެއް ދާއިރާއަކުން ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބުނާ އެތައް ބަޔަކު ވާދަކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން، ޕީއެންސީއިން ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކާއި އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ގެ ކެންޑިޑޭޓުންނާއި ރައީސް މުއިއްޒުގެ ކެންޑިޑޭޓުން އަދި މިހާރު ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑޭޓުން ފެންނަ ކަމަށް އީސާ ތުހުމަތު ކުރެއްވި އެވެ.

"ތިމަންނަ މީ ސަރުކާރުގެ ކެންޑިޑޭޓޭ ކިޔާފަ ތިބި ފަސް ވަރަކަށް ކެންޑިޑޭޓުން ތިބި ދާއިރާތައް އެބަހުރި، ކޮންމެ ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ ޕޯސްޓަރުގަ ރައީސް ފޮޓޯވެސް އިނދޭ"

"އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހުރިއްޔާއަށްވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ"

އީސާ ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުން ސާފުކުރުމުގެ ސުވާލަށް ރައީސަށްވެސް ޖަވާބު ދެވޭނެހެން ހީނުވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު ސަރުކާރު ކެންޑިޑޭޓުން ވަކިނުވާ މައްސަލާގައި ސީދާ ރައީސްއާ ސުވާލު ކުރެވޭގޮތަށް ފެބްރުއަރީ 24، ގައި ބޭއްވި 'އަހާ' ޕަބްލިކް ފޯރަމްގައި މީހަކު ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެރޭ ރައީސް އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

"ޕާޓީ ނުވަތަ ސަރުކާރަށް ނިސްބަތް ނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން ރައީސްގެ ފުރިހަމަ ތާއިދު އޮތް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުން ދާތީ, ތިން ރަށުގެ މީހުންގެ މިހަކާ މެދު ހިޔާލު ތަފާތުވުމާއި ނުތަނަވަސްކަމާ އެބަ އޮތް. މިކަމާ މެދު ރައީސް ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ" އެ ރޭގެ ފޯރަމުގައި ޒުވާނަކު ސުވާލު ކުރި އެވެ.

ޕްރައިމަރީން ހޮވި ކެންޑިޑޭޓަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް ސުވާލުކޮށްފަ އެވެ.

ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އަދި ރޭގެ މައުލޫއާ ނުގުޅޭ ކަމަކަަށް ވާތީ ޖަވާބު ދެއްވުމަށް ރައީސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.

"މިރޭގެ މި ފޯރަމްގެ މައިގަނޑު މައުލޫއާ ނުގުޅާ, ޕާޓީގެ އެތެރޭގެ ކަމެއް ވީމަ ތި ކޭސް ވަކިން އަޅުގަނޑާ ހިއްސާ ކޮށްލަ ދިނިއްޔާ ވަރަށް ރަނގަޅު" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސްއާ ސުވާލުކުރި އިރު, ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ, ރައީސްގެ ކެންޑިޑޭޓުންގެ ގޮތުގައި އިތުރު ކެންޑިޑޭޓުންތަކެއް ބައެއް ދާއިރާތަކަށް ނިކުންނަ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފަ އެވެ.

އެގޮތުން ގދ. ގައްދޫ ދާއިރާ، ތ. ތިމަރަފުށި ދާއިރާ، ގއ. ވިލިނގިލިި ދާއިރާ، ނ. ވެލިދޫ ދާއިރާ، ކ. ހުރާ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުގައިވެސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުގެ ބަދަލުގައި ސަރުކާރުގެ އިސްވެރިން އަންނަނީ އެހެން ކެންޑިޑޭޓުންނަށް ތާއީދު އޮތްކަން ހާމަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox