ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކަށް ބަދަލުތަކެއް ގެންނަނީ

Mar 12, 2024, 7:46 AM
ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކަށް ބަދަލުތަކެއް ގެންނަނީ

ލަންޑަން (މާޗު 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު އަމަލުކުރަމުންދާ މާލީ ގަވައިދުތައް ބަދަލުކުރަން ހުށަހަޅައިފި އެވެ.

މިހާރު ޕްރިމިއާ ލީގުގައި އަމަލުކުރަމުންދާ ޕްރޮފިޓަބިލިޓީ އެންޑް ސަސްޓެއިނަބިލިޓީ ރޫލްސް (ޕީއެސްއާރް)ގެ ބަދަލުގައި، ޔުއެފާގެ ފައިނޭންޝަލް ސަސްޓެއިނަބިލިޓީ ރެގިއުލޭޝަންސް (އެފްއެސްއާރް) އާ އެއްގޮތް މާލީ ގަވައިދުތަކެއް ޕްރިމިއާ ލީގުން ވަނީ މިހާރު އެކުލަވާލައިފައެވެ.

ޔުއޭފާ މާލީ ގަވައިދުގެ ދަށުން ކުޅުންތެރިންގެ މުސާރަ އާއި ޓްރާންސްފާ ފީތަކާއި ސްކޮޑާ ގުޅުންހުރި ހަރަދުތަކަށް ޔޫރަޕްގެ މުބާރާތުގައި ވާދަކުރާ ކްލަބަކަށް ހޭދަކުރެވޭނީ އެ ކްލަބުގެ އާމްދަނީގެ 70 ޕަސެންޓާ ހަމައަށެވެ.

ޕްރިމިއާ ލީގުން މިހާރު ބަލަމުންދަނީ އާ ގަވައިދުގެ ދަށުން ކްލަބުތަކަށް ލިބޭ އާމްދަނީ 85 ޕަސެންޓާ ހަމައަށް ސްކޮޑުގެ ހަރަދުތަކަށް ހޭދަކުރެވޭނެ ގޮތް ހެދުމަށެވެ. އަދި މި ގަވައިދަ ހިލާފުވާ ކްލަބުތަކަށް އަޅާނެ ފިޔަވަޅުތައްވެސް ގަވައިދުގައި ހިމަނާނެއެވެ.

"ޕްރިމިއާ ލީގުގެ މާލީ ގަވައިދުތައް ބަދަލުކޮށް ކުރިއަށްވުރެ ރަނގަޅު މާލީ ގަވައިދުތަކެއް ހެދުމަށް ޝެއާ ހޯލްޑަރުންގެ ބައްދަލުވުމެއްގައި ކްލަބުތަކުން ވަނީ އެއްބަސްވެފައި،" ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، ޖޫން މަހު އޮންނަ ޕްރިމިއާ ލީގުގެ އަހަރީ އާންމު ޖަލްސާގައި އާ މާލީ ގަވައިދު ފާސްކުރާނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

މި ގަވައިދު ބަދަލުކުރިޔަސް، މާލީ ގަވައިދާ ހިލާފުވެގެން ޕްރިމިއާ ލީގުގެ އެވަޓަން އާއި މެންޗެސްޓާ ސިޓީ އަދި ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލަތަކަށް ބަދަލެއް ނާންނާނެއެވެ. އެ ތިން ކްލަބުގެ މައްސަލަވެސް ބަލާނީ ކުރީގެ ގަވައިދާ އެއްގޮތަށެވެ.

ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވެގެން އެވަޓަން އަށް ވަނީ އެންމެ ފުރަތަމަ 10 ޕޮއިންޓް އުނިކުރުމުގެ އަދަބެއް ދީފައެވެ. އެކަމަކު އެ ކްލަބުން އެޕީލްކުރުމުން، އެ އަދަބު ވަނީ ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ.

އެކަމަކު އެވަޓަން މާލީ ގަވައިދާ ހިލާފުވި އިތުރު މައްސަލައެއް މިހާރު ދަނީ ބަލަމުންނެވެ. އަދި ނޮޓިންހަމް ފޮރެސްޓްގެ މައްސަލައެއްވެސް ދަނީ ބަލަމުންނެވެ.

މީގެ އިތުރުން، މެންޗެސްޓާ ސިޓީން ގަވައިދާ ހިލާފުވެފައިވާ މައްސަލައެއްވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox