މިދިޔަ މަހަކީ ދުނިޔޭގައި މިހާތަނަށް އެންމެ ހޫނުވި ފެބުރުއަރީ

ޗިލީގެ ޖަންގަލީގައި އަލިފާން ރޯވެފައި: މި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރުނު -- ފޮޓޯ: ޒޫމާ ޕްރެސް

ޗިލީގެ ޖަންގަލީގައި އަލިފާން ރޯވެފައި: މި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރުނު -- ފޮޓޯ: ޒޫމާ ޕްރެސް

މިދިޔަ މަހަކީ ދުނިޔޭގައި ހޫނުމިން އެންމެ މަތިވި ފެބުރުއަރީ މަސް ކަމަށް ޔޫރަޕިއަން ޔޫނިއަންސް ކްލައިމެޓް މޮނިޓަރިން ސާވިސްއިން ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަންސް ކްލައިމެޓް މޮނިޓަރިން ސާވިސްއިން ބުނީ މިދިޔަ މަހު ފިނިހޫނުމިން އެހެން އަހަރުތަކުގެ ފެބުރުއަރީއާ އަޅައި ބެލިއިރު 1.77 ޑިގްރީ ސެލްސިއަސް މަތި ކަމަށާއި، މިދިޔަ މަހަކީ ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ހޫނުވި މަސް ކަމަށެވެ.

ދުނިޔޭގެ ހޫނިމިން ޖެހިޖެހިގެން މަތިވަމުން އަންނަތާ ނުވަ މަސްވެފައި ވާއިރު، ސައިންސްވެރިން ބުނަމުން އަންނަނީ ހޫނުމިން އެންމެ ބޮޑަށް މަތިވަނީ އިންސާނުންގެ އަމަލުތަކާ ގުޅިގެން ކަމަށެވެ.

Advertisement

ހޫނުމިން މަތިވުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ޖަންގަލިތަކުގައި ރޯވެ، އަލިފާނުގެ ބޮޑެތި އަލިފާނުގެ ހާދިސާތައް ގިނަވަމުން އަންނައިރު، ކާރިސާތަކުން ސަލާމަތްވާން ގައުމުތައް ވަނީ ނުކުޅެދިފަ އެވެ.

ސައިންސްވެރިން ކުރިން ކުރި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މިހާރުގެ މިހާލަތު ބައްދަލު ކުރަން އޮތީ 2030 ގެ ފަހުގެ އަހަރުތަކުގަ އެވެ. ނަމަވެސް, އެ މިންވަރު ބޮޑުތަނުން އަވަސްވެފައި މިވަނީ މިދިޔަ ތިން އަހަރު އާދަޔާ ހިލާފަށް ވިހަ ގޭސް ދުނިޔޭގެ ޖައްވަށް ބޭރު ކުރުމުންނެވެ.

ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރު ވިޔަ ނުދިނުމަކީ 2015 ގައި ސޮއިކުރި ޕެރިސް އެގްރީމެންޓުގެ މައިގަނޑު އެއް ބަހާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުޅުވުމާއެކު، އެ ބްރިޖް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުދާ އުފުލުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައު ބްރިޖުގެ ސަބަބުން ދެ ގައުމުގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox