ޓެސްލާގެ ވެރިޔާ އެލޮން މަސްކު ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ މުއްސަނިދި މީހުންގެ ލިސްޓުގެ އެއްވަނައަށް އެމަޒޯންގެ ވެރިޔާ ޖެފް ބެޒޯސް ޖެހިލައިފި އެވެ.
މިއީ 2021 ވަނަ އަހަރަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނައިން މަސްކް ފަހަތަށް ޖެހުނު ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެޒޯސްގެ އާމްދަނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 200 ބިލިއަނުގައި ހުރިއިރު، މަސްކުގެ އާމްދަނީ ހުރީ 198 ބިލިއަނުގަ އެވެ.
މަސްކުގެ އާމްދަނީ 31 ބިލިއަން ޑޮލަރުގެ ގެއްލުމެއް މި އަހަރު މިހާތަނަށް ލިބިފައިވާއިރު، ބެޒޯސްގެ އާމްދަނީ ވަނީ 23.4 ބިލިއަން ޑޮލަރު ކުރިޔަށް ޖެހިލާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބެޒޯސް ވަނީ މިދިޔަ މަހު އެމަޒޯންގެ 50 މިލިއަން ހިއްސާ ވިއްކައިގެން އަށް ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފަ އެވެ. ނަމަވެސް މަސްކުގެ ޓެސްލާއަށް މާ ގިނަ ކުރިއެރުންތަކެއް މި އަހަރު މިހާތަނަށް ނުލިބެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލިސްޓުގެ އެއްވަނައިން މަސްކު ވެއްޓުމުން، ޓެސްލާގެ ހިއްސާގެ އަގު ދަނީ ވެއްޓެމުންނެވެ. އަދި އެމަޒޯންގެ ހިއްސާގެ އަގު އަންނަނީ މަތިވަމުންނެވެ.








