ބެންޗުން އަރައި ނޫނޭޒް ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

Mar 2, 2024, 6:10 PM
ބެންޗުން އަރައި ނޫނޭޒް ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ނޮޓިންހަމް ފޮރެސްޓް ކޮޅަށް ޑާވިން ނޫނޭޒް ވައްދާލި ގޯލުން ލިވަޕޫލުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ނޫނޭޒްގެ ގޯލަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލުން މެޗެއްގައި ޖެހި އެންމެ ލަސް ގޯލެވެ. ނޫނޭޒް ގޯލު ޖެހީ 98 މިނިޓް 35 ސިކުންތުގަ އެވެ.

މިއީ، ވޭތުވެދިޔަ 40 ވަރަކަށް އަހަރު ތެރޭ ލީގުގައި ފޮރެސްޓް ދަނޑުގައި ލިވަޕޫލް ކުޅުނު 14 މެޗުގެ ތެރޭގައި ހޯދި ފުރަތަމަ މޮޅެވެ. ލިވަޕޫލުން ލީގުގައި އެންމެ ފަހުން ފޮރެސްޓް ދަނޑުގައި އެ ޓީމު ބަލިކުރީ 1984 ވަނަ އަހަރު އެވެ.

މި މޮޅާ އެކު، ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ، 27 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 26 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ސިޓީން މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭނެ އެވެ.

ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 26 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް މި ހަފްތާގައި ކުޅޭ މެޗުގައި ރަށުންބޭރުގައި ކުޅޭނީ ޝެފީލްޑް ޔުނައިޓެޑާ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗުގައި، ލިވަޕޫލަށް ފުރަތަމަ ހާފުގައި ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި ބޮބީ ކްލާކް އާއި ލުއިޒް ޑިއާޒް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެެވެ. ދެ ވަނަ ހާފުގައި ލިވަޕޫލުން ބަދަލަކަށް ކުޅެން ނެރުނު، ޑާވިން ނޫނޭޒް ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓް ވެސް ހިނގި ފަހުންނެވެ. އަލެކްސިސް މެކް އަލިސްޓާ ނަގައިދިން ހުރަހަކުން ނޫނޭޒް މި ލަނޑު ޖެހީ ބޮލުންނެވެ. ނޫނޭޒް މި މެޗުގައި މި ކުޅެފައިވަނީ އަނިޔާ އަކުން ރިކަވާވެގެން އައިސް އެވެ.

ލީގުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ފަހަތުން އަރައި، ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވެފަ އެވެ. ޕެލަސްގެ އެބްރެޗީ އެޒޭގެ ހިލޭ ޖެހުމުން އެ ޓީމުން ލީޑުނަގާފައިވަނިކޮށް، ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޓީމޯ ވާނާ އެވެ. މިއީ ލޯން ޑީލެއްގައި ޓޮޓެންހަމާ ގުޅުމަށް ފަހު ވާނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޓޮޓެންހަމް މޮޅުކޮށްދިން ގޯލުތައް ޖެހީ ކްރިސްޓިއަން ރޮމޭރޯ އާއި ސޮން ހެއުން މިން އެވެ. ރޮމޭރޯ ގޯލު ޖެހީ، ޖޭމްސް މެޑިސަންގެ ހުރަހަކުން ބޮލުންނެވެ. ސޮން ވަނީ ކައުންޓާގައި ލިބުނު ފުރުސަތެއްގައި ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަހައިފަ އެެވެ.

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ 52 ވަނަ އުފަން ދުވަހު އެ ޓީމުން ކުޅުނު މެޗުގައި ރަށުންބޭރުގައި ވަނީ ބްރެންޓްފޯޑާ 2-2 އިން އެއްވަރުވެފަ އެވެ. ޗެލްސީން ނިކޮލަސް ޖެކްސަން ބޮލުން ޖެހި ގޯލުން ލީޑުނަގާފައިވަނިކޮށް، ބްރެންޓްފޯޑަށް އެއްވަރުކޮށްދިނީ، މެޑްސް ރޯސްލާވް އެވެ. ބްރެންޓްފޯޑަށް ލީޑުނަގައިދިނީ ޔޮއާން ވިއްސާ އޯވަހެޑް ކިކަކުން ޖެހި ލަނޑުންނެވެ. އަދި ސާޖިއޯ ރެގީއޯން ވަނީ ބްރެންޓްފޯޑަށް ތިން ވަނަ ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. މެޗުން ޗެލްސީ ބަލިނުވެ ސަލާމަތްވީ، އޭރިއާތެރެއިން ހުރަސްވި ބޯޅައަކުން، އެކްސެލް ޑިސާސީ ބޮލުން ޖެހި ގޯލުންނެވެ.

މި މޮޅާ އެކު، ޗެލްސީ ލީގުގެ 11 ވަަނައިގައި އޮތީ 26 މެޗުން 36 ޕޮއިންޓާ އެކު އެވެ. ލީގުގެ 10 ވަނައިގައި އޮތް ވުލްވްސް މިރޭ ވަނީ 3-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ނިއުކާސަލް އޮތީ 27 މެޗުން 40 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ހަތް ވަނައިގައި އޮތީ މިރޭ އެވަޓަން ދަނޑުގައި 3-1 އިން މޮޅުވި، ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ވެސްޓް ހޭމް އަށް ވަނީ 27 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 26 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox