ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް "ސްކޭން ޓު ޕޭ" ގެ އާ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މޯބައިލް އެޕްލިކޭޝަންގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުއާރް ކޯޑު ބޭނުން ކުރެވޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ މުއްދަތު އަށް ހަފުތާއަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމެމްއެލް އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އެޕްރީލް 20، ގެ ނިޔަލަށް ކަމަށެވެ.
އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތަކާއެކު ބީއެމްއެލް އިން އަންނަނީ ކަސްޓަމަރުންނަށް އަމާޒުކޮށް އެފަދަ ގިނަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ.










