ތިނަދޫ އެއާޕޯޓު: ސޮއި ކުރީ މަޝްރޫއުގެ އެއްބަސްވުމެއްގައި ކަމަށް ބުނެފައި ހުރި ބައިތައް ރައީސް އޮފީހުން ބަދަލުކޮށްފި

ސަރުކާރުން ކުރިން އާންމު ކުރި ހަބަރާއި ހަބަރު ބަދަލުކޮށްފައި އޮތް ގޮތް: ކޮންސްޓްރަކްޝަން މިނިސްޓަރު ބުނީ ސޮއި ކުރީ މަޝްރޫއުގެ އެއްބަސްވުމުގައި ކަމަށް ކުރިން ވެސް ސަރުކާރުން ނުބުނާ ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް

ސަރުކާރުން ކުރިން އާންމު ކުރި ހަބަރާއި ހަބަރު ބަދަލުކޮށްފައި އޮތް ގޮތް: ކޮންސްޓްރަކްޝަން މިނިސްޓަރު ބުނީ ސޮއި ކުރީ މަޝްރޫއުގެ އެއްބަސްވުމުގައި ކަމަށް ކުރިން ވެސް ސަރުކާރުން ނުބުނާ ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް

ގދ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނެ ރައީސް އޮފީހުން އާންމު ކުރި ލިޔުންތައް މިއަދު ބަދަލުކޮށްފި އެވެ.

އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނުމަށްފަހު، ރައީސް އޮފީހުން މިހާރު ބުނަނީ އަންގާރަ ދުވަހު ސޮއި ކުރީ އެއާޕޯޓު އެޅުމުގެ އެމްއޯޔޫއެއްގައި ކަމަށެވެ. ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް މިއަދު ބުންޏެވެ.

އެއާޕޯޓު އެޅުމުގެ އެގްރިމެންޓެއްގައި ސޮއި ނުކުރާ ކަމަށާއި ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށް ރައީސް އޮފީހުން މިހާރު މި ބުނަނީ، އެ މަޝްރޫއު ހަވާލު ކުރި ތައިލެންޑު ކުންފުނީގެ މައްސަލަތައް މި ނޫހުން ފެންމަތިކޮށްފައި ވަނިކޮށެވެ.

"ތިނަދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިރޭ ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން،" ރައީސް އޮފީހުން އަންގަރާ ދުވަހު އާންމު ކުރި ހަބަރުގައި ބުނެފައިވެ އެވެ. "ތިނަދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ."

އެ ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުގައި އިނގިރޭސި ބަހުން ވެސް ގެނެސްދިނެވެ. އިނގިރޭސި ބަހުން ގެނެސްދިން ހަބަރުގައި ބުނެފައި އޮތީ "ދަ ގަވަމަންޓް އޮފް ދަ މޯލްޑިވްސް ހޭސް ކޮންޓްރެކްޓެޑް ދަ ޕްރޮޖެކްޓް ޓު ޑިވެލޮޕް ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް" ކަމަށެވެ.

ނަމަވެސް ކުރިން އާންމު ކުރި ހަބަރު ބަދަލުކޮށް ރައީސް އޮފީހުން މިހާރު ބުނެފައި ވަނީ "ތިނަދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފި" ކަމަށެވެ. އިނގިރޭސި ބަހުން އާންމުކުރި ހަބަރު ވެސް ބަދަލުކޮށް އެ ހަބަރުގައި ވެސް މިހާރު ބުނަނީ ސޮއި ކުރީ "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން" އެއްގައި ކަމަށެވެ.

އިނގިރޭސި ހަބަރު ބަދަލުކޮށްފައިވާ ގޮތް. ކުރިން އެ ހަބަރުގައި އެމްއޯޔޫއެކޭ ބުނެފައި ނުވޭ
އިނގިރޭސި ހަބަރު ބަދަލުކޮށްފައިވާ ގޮތް. ކުރިން އެ ހަބަރުގައި އެމްއޯޔޫއެކޭ ބުނެފައި ނުވޭ

އިނގިރޭސި ހަބަރު ބަދަލުކޮށްފައިވާ ގޮތް. ކުރިން އެ ހަބަރުގައި އެމްއޯޔޫއެކޭ ބުނެފައި ނުވޭ

އަންގާރަ ދުވަހު ސޮއި ކުރީ އެއާޕޯޓު މަޝްރޫއުގެ އެގްރިމެންޓުގައި ކަމަށް ބުނުމަށްފަހު، ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށް މިހާރު ބުނަނީ ކީއްވެތޯ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުއާ "އަދަދު" އިން މިއަދު ސުވާލު ކުރުމުން އޭނާ މިއަދު ވިދާޅުވީ، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ސަރުކާރުން ކުރިން ބުނެފައި ނުވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ދިވެހި ނޭނގެނީތޯއޭ ނޫނިއްޔާ ގަސްތުގައި އޮޅުވާލަނީތޯއޭ. އެއީ ފުރަތަމަ ވެސް ޖަލްސާގައި އިއުލާނުކުރީ ފަހުމުނާމާއެއްގައި ސޮއިކުރި ވާހަކަ. އެމްއޯޔޫއެއްގެ ވާހަކަ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް އޮތީ އެމްއޯޔޫއެއްގެ ވާހަކަ," މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭ ރައީސް އޮފީހުގެ ވެބްސައިޓުގައި އޮތީ ކޯއްޗެއް ކަމެއް. އަޅުގަނޑަށް އެނގެނީ ޖަލްސާގައި ވެސް އޮތީ, ލިޔެފައި ވެސް އިންނާނީ ޖަލްސާގައި އިއުލާނު ވެސް ކުރ, ހުރިހާ އެއްޗެއްގައި ވެސް އިންނާނީ އެމްއޯޔޫއެއްގައި ސޮއިކުރި ވާހަކަ. މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނަކީ އެކަން ހިނގައިދިޔަ ގޮތް."

ތިނަދޫ އެއާޕޯޓު މަޝްރޫއުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކުރީ ތައިލޭންޑްގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުން "އަދަދު" ނޫހުން ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ކުންފުންޏަކީ އެފަދަ ބޮޑު މަޝްރޫއުއެއް ހިންގުމުގެ މާލީ ގާބިލުކަން ހުރި ކުންފުންޏެއް ނޫނެވެ. އޭގެ އިތުރުން އެ ކުންފުނީގެ ވެރިންނަނީ ރާއްޖޭގައި ދެ މަޝްރޫއުއެއް ހިންގަން ދެ ރަށެއް ނަގައި އެ ރަށްތަކަށް ޓެކްސް ނުދައްކާ ތިބި ބައެކެވެ. އެ ދެ މަޝްރޫއުގެ އީއައިއޭ ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox