އީވޯ ރޯމަދާން ޕްރޮމޯޝަންގެ ދަށުން ޕްރޮޑަކްޓްސްތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުނެފި އެވެ.
އީވޯއިން ބުނީ، މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު 17، ގެ ނިޔަލަށް އީވޯގެ ފިހާރަތަކުން ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން އީވޯގެ ފިހާރަތަކުން 2،500 ރުފިޔާއަށްވުރެ މަތިން ކުރާ ވިޔަފާރިއަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އީވޯގެ ޕްރޮޑަކްޓްސްތައް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭއިރު، ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕްރޮޑަކްޓްސްތައް ގަނެވެ އެވެ.
އީވޯއިން ކޮންމެ އަހަރަކުވެސް ރޯދައާ ދިމާކޮށް ޕްރޮމޯޝަންތައް ކުރިޔަށް ގެންދާއިރު، ގޭތެރެއަށް ބޭނުންވާ މުހިންމު ސާމާނު ހެޔޮ އަގެއްގައި އެ ފިހާރައިން ލިބެން ހުރެ އެވެ.
އީވޯއަކީ އިންޓީރިއާ ޕްލޭން ކުރުމާ ހަމައިން ފެށިގެން އެފަދަ މަސައްކަތްތަކުގެ ސޮލިއުޝަން ފޯރުކޮށްދޭ ފިހާރަ އެކެވެ.











